...

Support Us

ހ. ލޮނުގަމުގޭ ހަސަން ޒިޔާދު ކުޅުޖެހި ޚަތިމު އަދި ފުލުހުން އޭނާ ގެންދަނީ

އެންމެފަހުން މިސްކިތަށް ވަދެ ޚަތިމަކަށް ރަތްކުޅު ވެސް ޖަހައިފި

މިސްކިތްތަކަށް ވަދެ ކުޑަކަމުދަމުން ހިނގާ އުޅޭ މޮޔައެއް ކަމަށް ބުނާ މީހާ، އެންމެފަހުން މިސްކިތަކަށް ވަދެ ޚަތިމަކަށް ރަތްކުޅު ވެސް ޖަހައިފިއެވެ. ހެންވޭރު އިސްކަންދަރު މިސްކިތުގެ އިމާމާގެ މުސައްލަ ކައިރީގައި ހުންނަ ޚަތިމަށް އެ މީހާ ރަތްކުޅު ޖެހީ މިއަދު އަސުރު ނަމާދުން ނިމުނުތަނާ އޭނާ މިސްކިތަށް ވަދެ އުޅެފައެވެ.

މަންޒަރު ދުށް މީހަކު ބުނީ ޚަތިމު ނަގައިގެން ހަޅޭއްލަވަލަވާ އުޅެފައި ކަރުކެހިފައި ރަތް ކުޅު ޖަހައިފައި އޭނާ މިސްކިތުން ފައިބައިގެން ދާން އުޅުމުން މީހުން އޭނާ ހިފަހައްޓައި ފުލުހުންނާ ގުޅީއެވެ. އަދި ގިނަ އިރުތަކެއްނުވެ ފުލުހުން ގޮސް އޭނާ ގެންދިޔައެވެ.

ފުލުހުން އޭނާ ގެންދާ ވީޑިއޯ މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އޭގައި އޭނާ އާދޭސްކުރަމުންދަނީ ފުލުހުންގެ ކިބައިން ސަލާމަތްކޮށްދިނުމަށެވެ. އަދި ޚަތިމަށް ކުޅު ޖެހި ކަމަށް ތަކުރާރުކޮށް އޭނާ އިއުތިރާފުވެއެވެ. އޭނާގެ މުޅި ޓީޝާޓުގައި ވެސް ހައްޕުނޑުތައް ހުއްޓެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިސްކިތްތަކަށް ވަދެ ކުޑަކަމުދަމުން ހިނގާ މީހަކީ ރިލެކްސް އިން ހޮޓާ ހިސާބުގައި ހުންނަ ހ. ލޮނުގަމުގޭ ހަސަން ޒިޔާދު، 40، އެވެ. އޭނާ އަކީ ކުރިން ޓުވަރގައިޑަކަށް އުޅުނު މީހެކެވެ. ކޮންމެވެސް ސަބަބަކާ ހެދި އޭނާގެ ވަނީ ބަދަލުވެފައެވެ. މަޖިދިއްޔާ ކައިރީގައި ހުންނަ އިސްކަންދަރު މިސްކިތަށް ދޭތެރެ ދޭތެރެއިން އޭނާ އަރާ ކަމަށް ވެއެވެ. މީގެ ދެތިން ދުވަސް ކުރިން ވެސް އެ މިސްކިތަށް އަރައި ހަޅޭއްލަވައި ހަދައިފައިވެއެވެ.

މި މީހާ ހުސްވި އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ ވަނީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި އަރައި މިސްކިތްތެރެއަށް ކުޑަކަމު ގޮސްފައެވެ. އަދި ރައީސް އޮފީހުގެ ގޭޓުތެރެއަށް ވެސް އެ ރޭ އޭނާ ކުޑަކަމުދިޔައެވެ. އެ މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން އޭރު ބުނެފައި ވަނީ އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. އެކަމަކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ އެ ހުރިހާ ކަންތައްތަކަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންގެ ސަބަބުން ހިނގާ ކަންތައްތަކެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ހެޔޮ ނުވާނެ އެސޮރު ހައްޔަރު ނުކުރޭ. އަންނި ބުނީ އެއީ ބަލި ކުއްޖެކޭ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *