Support Us

ކޮޕް26ގެ ހަވާސާގައި އިނގިރޭސި ބޮޑުވަޒީރު ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26)ގެ ހަވާސާގައި ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި ޙަފްލާ ކުރިއަށްދިޔައީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ހުންނަ ކެލްވިންގްރޯވް އާޓް ގެލަރީ އެންޑް މިއުޒިއަމްގައެވެ.

މި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 120 އަށްވުރެ ގިނަ ޤައުމުތަކުގެ ސަރުކާރާއި ދަޢުލަތުގެ އިސްވެރިންނާ އެކު ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ޙިއްޞާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. މިރޭ ކޮޕް26 ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި ބައިވެރިވާ ދުނިޔޭގެ ލީޑަރުންނަށް އެބޭފުޅުން ކުރައްވާ މަސައްކަތް އިތުރުކުރައްވައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އިތުރު އަހަންމިއްޔަތުކަމެއް ދީގެން އުންމީދީ ނިންމެވުންތައް ނިންމައި އެކަމުގައި އެބޭފުޅުންގެ ވާޖިބުއަދާކުރެއްވުމަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *