Support Us

ޑްރައިވިންގ ލައިސަންސް ޓެސްޓް ހެދުމަށް ހުޅުމާލެއިން 20 ހާސް އަކަފޫޓުގެ ބިމެއް

ޑްރައިވިންގ ލައިސަންސް ޓެސްޓް ހެދުމަށް ބޭނުންކުރުމަށް ހުޅުމާލެއިން 20 ހާސް އަކަފޫޓުގެ ބިމެއް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ދީފިއެވެ.

ހުޅުމާލެ ފޭސް 1 ގައި ހިނގަމުންދާ ޕޯޓް އާ ޖެހިގެން އޮންނަ މި ބިމުގައި ޑްރައިވިންގ ލައިސަންސް ޓެސްޓް ހެދުމަށް ބޭނުންކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މިހާރު ލައިސަންސް ނެގުމަށް ބޭނުންކުރާ ސަރަހައްދުތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށާއި ހުޅުމާލޭގައި ޤާއިމުކުރެވިގެންދާ މި ސަރަހައްދުން މި ހުރިހާ ކަމަކަށްވެސް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

ޑްރައިވިންގ ލައިސަންސް ޓެސްޓް ހެދުމަށް މިހާރު ބޭނުންކުރަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ސަރަހައްދެކެވެ.

ޑްރައިވިންގ ލައިސަންސް ޓެސްޓުތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ހެދުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *