Support Us

ފާނަ މަސްވެރިންނަށް ބާއްވާ ފުރަތަމަ ފުޓުސަލް މުބާރާތް ބިލެތްދޫގައި، ފައިނަލް މިއަދު

ފާނަ މަސްވެރިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ފުޓުސަލް މުބާރާތުގެ ފައިނަލަށް "ޖަވާހިރު-2″ އަދި "ރަސްމަގު-4″ ދޯނި ދަތުރުކޮށްފިއެވެ. ފާނަ މަސްވެރިކަމަށް މަޝްހޫރު ފ. ބިލެތްދޫގެ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން އޮކްޓޫބަރ 18-23 އަށް ބާއްވާ މި މުބާރާތުގެ ފައިނަލް އޮންނާނީ މިއަދު ހަވީރުއެވެ.

ފާނަ މަސްވެރިންގެ ފުޓްސަލް މުބާރާތުގައި ބިލެތްދޫގައި ފާނަ މަސްވެރިކަން ކުރާ ހަ ދޯންޏަކުން ވާދަކުރިއެވެ. މުބާރާތް ކުރިއަށް ދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ މޮޅު ދެ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

"ޖަވާހިރު-2″ އާއި "ރަސްމަގު-4″ގެ އިތުރުން މުބާރާތުގައި ދެން ވާދަކުރީ "ރަސްފަރި" އާއި "ކަޅިރަވަ-3″ އާއި "ފުރާވަރު-3″ އަދި "ރަސްމަގު-2″ އެވެ. ލީގު މެޗުތައް ނިމުނު އިރު "ޖަވާހިރު-2″އަށް އެންމެ ކުރި ލިބުނީ ފަސް މެޗު ކުޅެގެން 13 ޕޮއިންޓް ލިބިގެންނެވެ. "ރަސްމަގު-4″ އަށް ދެ ވަނަ ލިބުނީ 11 ޕޮއިންޓް ލިބިގެންނެވެ. އެއްޗެސް މެޗަކުން މޮޅުނުވިޔަސް، ދެ މެޗުން އެއްވަރުވުމުގެ ސަބަބުން "ފުރާވަރު-3″ އަދި "ރަސްމަގު-2″ ޓޭބަލްގެ ފުލަށް ދިޔައީ އެންމެ ޕޮއިންޓަކާ އެކުގައެވެ. ފަސް މެޗު ކުޅުނު އިރު "ރަސްމަގު-2″ގެ ގޯލަށް 40 ލަނޑު ވަދެފައިވެއެވެ.

މި މުބާރާތަކީ ބިލެތްދޫ ފާނަ މަސްވެރިންގެ މެދުގައި ކުޅިވަރު ރޫހު އާލާކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި މަސްވެރިން ބޭތިއްބުމުގެ އިތުރުން އަމާން މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި 3،000ރ. ވަނީ ހުށަހަޅައިފައެވެ.

ފާނަ މަސްވެރިން ފުޓުސަލް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގާއި ބިލެތްދޫ ސްކޫލް ގުރޭޑް އެކެެއްގެ ކުދިންގެ ހާއްސަ ހަރަކާތެއް ފެނިގެން ގޮސްފައިވެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މެގްނެޓިކް ޕަވަރ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރަކީ އެންދެރި ސްޓޯރެވެ. ބެވަރޭޖް ޕާޓްނަރަ އެމް.ޔޫ.ސްޓޯރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *