ހުރުން ލާޒިމު ވެޔޭ މަ ބުނަން، މިތާ މިބުނާ ދެތިން ސިފައެއް
ދުރުން، ގާތުން، ބަލައިލާ އިރު، ކިޔާ ނަމަ ’ޤައުމެކޭ‘ ތަނަކަށް
ދޮރުން ފަނޑިޔާރުގޭގެ ތެރަށް އެދާ ކުދި، ބޮޑު، ތަފާތު ނުކޮށް
ހޮރުން، ގަނޑުވަރުތަކުން، ދިޔަޔަސް، ނިކަން ޤާނޫނު ކުރިމައްޗަށް
ފަރުން ބޮއްޔެއް ހިލަން ދިޔަހެން ނުވާނޭހެން ފަޤީރާޔަށް
ސޮރުންދެރަ މަހުޖަނުންނާ ހަމަ ކުރަން މަޖުބޫރުވެވި އެގޮތަށް
ހުރުން އިންސީންގެ ޙައްޤު ތަކާ، ކަރާމާތް، އަމްނު އެއް މަގަކަށް
ވަރުން ބައިނޭޅި އިންޞާފުން ލިބެން ޙިރްޞާއި ޚިދުމަތްތައް
ހުރުން ލާޒިމު މިބުނި ކަންކަން، ނެތަމަ މިބުނާ ރިވެތި ސިފަތައް
ކަރުން ނާރެއް ނަގައި ގޮވިޔަސް، ނުވާނޭ ބިންގަނޑެއް ’ޤައުމަށް‘