ޓުއަރ ގައިޑެއް ކަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީފައި އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނެގިބަންގާޅީއަކު ހޯދަން އޭނާގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.
"ފޮޓޯއިން ފެންނަ މީހާ ފައިސާތައް ވަގަށް ނަގާފައިވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށްފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތުއެވެ. މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ތުހުމަތު ކުރެވޭ މީހާއަކީ ބަނގްލަދޭޝް މީހެއްކަން ވަނީ އެނގިފައެވެ." ފުލުހުންގެ ބަޔާނުގައި ބުނެއެވެ.
"ވީމާ، މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޓޫރިސްޓް ޕޮލިސްގެ ނަންބަރު 9790070 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ."



advertisment