Support Us

އުކުޅަހު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ރޭ އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އުކުޅަހު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި އެބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އުކުޅަސް ފަދަ އާމްދަނީ ހޯދުމަށް ފަތުރުވެރިކަމަށް ބަރޯސާވާ ރަށްތަކަށް ކަމަށް ވިދާޅުވެފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވަނީ ސަރުކާރާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮވިޑް އިން އަރައިގަނެވޭނެކަމުގެ އުންމީދު އޮތް ޤައުމުތަކުގެ ލިސްޓްގެ ކުރީގައި ރާއްޖެ ހިމެނިފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އުކުޅަހު ކައުންސިލުން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަމަށް ފާހަގަކުރައްވާފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަނގަޅު ފެރީ ޓަރމިނަލެއް ބޭނުންވާ ކަމަށާއި، މިކަންކަން ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އުކުޅަހު މަގުހެދުމުގެ މަޝްރޫޢު އަަދި މި އަހަރުހެ ބަޖެޓުގައި ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމަނައިގެން ކުރިޔަށްގެންދަވަމުންދާކަމުގައި ވިދާޅުވެފައެވެ.

އުކުޅަހު ރައްޔިތުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ރަށުގެ ރައްޔިތުން ވަނީ ސްކޫލްގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތަކާއި، ކުޅިވަރު އިންފްރާސްޓްރަކްޗަރތަކުގެ މަޢުލޫމާތު ތަފްޞީލީގޮތަކަށް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެެވެ. މީގެ އިތުރުން ވެސް ބިން ހިއްކުމުގެ މަޝްރޫޢާ ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮނޑުވުމާ ގުޅިގެން ކެބިނެޓް ބައެއް މިނިސްޓަރުންނާ އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ބައްދަލުވުމުގައި މަޝްވަރާކުރައްވާ ޖަވާބުދާރީވެވަޑައިގެންފައެވެ.

މިގޮތުން އެމަނިކުފާނު ވަނީ އުކުޅަހުގެ ތަރައްޤީއަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުން ހުށަހެޅުއްވި ކަން ކަން ވިސްނުމުގައި ބަހައްޓަވައިގެން ކަންކަން ކުރިޔަށްގެންދާވާނެކަމުގައި ވިދާޅުވެފައެވެ.

ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖޫމްހޫރިއްޔާ ވަނީ އުކުޅަހުގެ ވިޔަފާރިވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތަކާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދިމާވާ ދަތިތައް ވެސް އޮޅުންފިލުއްވާފައެވެ. އެ ބޭފުޅުން ހުށަހެޅުއްވި މައިގަނޑު ކަންކަމުގެ ތެރޭގައި ޔުޓިލިޓީޒް އަށް ނަގާ ޓެރިފް ބޮޑުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާއި ވިޔަފާރިތައް ހިންގުމަށް ނަގާ ލޯނުގެ އިންޓްރެސްޓާ ގުޅޭގޮތުންހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވެއެވެ. މީގެ އިތުރުން ވެސް ބިޒްނަސް ކޮމިއުނިޓީގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލްއެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *