Support Us

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ހޯމް މިނިސްޓަރު އިމްރާން އަދި ޕޮލިސް ކޮމިޝަނަރ ހަމީދު (ވ)

ހަ މަސް ފަހުން "މޯލްޑިވްސް ޕޮލިސް ސަރވިސް" ހޯމް މިނިސްޓްރީގެ ދަށުން ނަންގަވައި، ޒިންމާ ހޯމް މިނިސްޓަރަށް

"މޯލްޑިވްސް ޕޮލިސް ސަރވިސް" ހޯމް މިނިސްޓްރީގެ ދަށުން ނަންގަވައި، ނަމަވެސް "މޯލްޑިވްސް ޕޮލިސް ސަރވިސް" އަށް ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ނެރުނު ދެންނެވުމެއްގައި ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސަރވިސް" އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ އޮތް އޮތުން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ނިމުމަކަށް ގެންނަވައިފައިވާ ކަމަށެވެ. މި ބަދަލު ގެންނެވިކަން އިއުލާން މި ކުރެއްވީ ފުލުހުންގެ ގާނޫނަށް އަމަލްކުރަން ފެށިތާ ހަ މަސް ފަހުންނެވެ.

"ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު)ގެ ދަށުން އުފައްދަވައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް" އަކީ، ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާންކުރާތީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސަރވިސް"، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ އޮތް އޮތުން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ.

"ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް"އަށް ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގައި 27 މާރިޗު 2021 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މީގެބޭނުމަކީ އިމްރާނަށް ނުވެސް އެނގި ރީނދޫ ސަރުކާރުން ފުލުހުން ލައްވާ އެކިއެކި ޖަރީމާތައް ހިންގުވާފަ އެކަން އިމްރާނުގެ ބޮލަށް ކަނޑާލުމެވެ. މިގޮތް ވެސް ޢިމްރާނަށް އޯކޭ ވިއްޔާ އެ ނިމުނީތާ…..!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް