ރާއްޖެއަށް ކަނޑުމަގުން 215 ކިލޯގެ މަސްތުވާތަކެތި އެތެކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަތް ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ. އަތޮޅު ފުލުހުންނާއި ފޮރެންސިކް ފުލުހުން ގުޅިގެން އޮކްޓޯބަރ 15 ވަނަ ދުވަހު ހިންގި އޮަޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނަކީ ޢަލީ ޝާކިރު، 42، ރ. މަޑުއްވަރި، ފިނިފަރު އާއި ނިމާލް ޢަބްދުލްޙާރިޘް، 33، ރ. މަޑުއްވަރި، ފެހިއަލި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ކުރުމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައިފައި ވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



advertisment