Support Us

ސަތޭކަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަށް މީހެއްގެ ވަނަވަރު ހާމަކޮށްފި

ރާއްޖެ އެތެރެކުރި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަށް މީހެއްގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.

ފުލުހުން ކުރިން ބުނީ އޮކްޓޯބަރު 13 ވަނަ ދުވަހު ރާއްޖެ އެތެރެކުރި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކުރި ކަމަށާއި ނަމަވެސް އެ  މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކޯޓުން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ދޫކޮށްލުމުން އިސްތިއުނާފު ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 61 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސިންނެވެ.

100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަށް މީހުންނަކީ:

  1. މިދުހަތު އިބްރާހިމް، 26، ދޭލިޔާގެ، ގއ. ދެއްވަދޫ
  2. ޖުމްާން މުސްތަފާ، 19، ބީޗްހެވަން، ނ. ވެލިދޫ
  3. އިބްރާހިމް ޒައިދު ހަބީބު، 25، ސޯސަންގެ، ގއ. ކޮލަމާފުށި
  4. މުހައްމަދު އަހުމަދު، 34، ޖަނަވަރީމާގެ، ލ. ކަލައިދޫ
  5. އިބްރާހިމް ސިނާން، 24، ޑިއަރފްރެންޑް، ހދ. ކުމުންދޫ
  6. މުހައްމަދު ހުސެއިން، 61، ޕޮލަރިޝް، ދ. ބަނޑިދޫ
  7. އެމްޑީ ރަފީގުލް އިސްލާމް، 35، ބަންގްލަދޭޝް
  8. ޑީއެމް މޮބިން، 24، ބަންގްލަދޭޝް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައިވާ ކަމާށައި އެގޮތުން، 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް، ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް