Support Us

ސަމާލުވޭ! އަންހެނުންގެ އަތްދަބަސް ފޭރޭ ދެ މީހަކު ރަށުތެރޭގައި! ފުލުހުން އުޅެނީ އެ މީހުން ނުފެނިގެން!

ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތްދަބަސް ފޭރިގަތް ދެ މީހަކު ހޯދަން، އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ބުނީ ފޭރުނު ދެ މީހުން ދުއްވައިފައި ވަނީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ޖޫން 22 ވަނަ ދުވަހުގެ ވަގުތެއްގައި ލިލީމަގުގެ ހުޅަނގުން އިރަށް ދުއްވައިފައިދިޔަ ސައިކަލެއްގައި އިން މީހެއްގެ އަތްދަބަސް، ފަހަތުން އައި ސައިކަލުގައި ތިބި އެ ދެ މީހުންވެގެން ފޭރިފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ބައެއް ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދުއްވާފައިވަނީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

"ވީމާ، މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 490169 ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
122
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ފުލުހުންނަށް ހޯދޭނީ ބޮންގޮއްވާ މީހާ އެކަނި. އެވެސް ލާދީނީ މީހަކަށް އަމާޒުކޮށް ގޮއްވައިފިއްޔާ ހޯދޭނީ. ފުލުހުން ލޮލުފިޔަ ނުޖަހާނެ އެކަހަލަ ވަގުތަކު. ތުނބުޅި ދިގު މީހެއްނަމަ ވަރަށް ފަސޭހަކޮށް ތިމީހުން ހޯދާފަ ގޮޅިއަށް ލާފަ ހަރުކަށިފިކުރު ޓެގް އަޅުވާފަ ތިބޭނީ މިހާރު. ފުލުހުން ކުޅޭކުޅިވަރު ނޭޭގިގެން އުޅެނީ ކާކު؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް