Support Us

ފުރަތަމަ ރަބީޢުގެ މުލަ ދުވަސް!

އަދަކީ މިއީ ވެސް ދުވަހެކޭ އަދި އިއްޔެ ވެސް އޭ ދުވަހެކޭ
ބަދަލެއް މި ދެ ދުވަސް ވަކިކުރަން އަދު ނުފެނުމީ ހުރި ފަރަގެކޭ

އައި މީ ދިވެހި ގައުމީ ދުވަސްކަމުގައި ބުނާއިރު ހަރުއަޑުން
ބައި ބައި ބަހާ ވިއްކާލަނީ މުޅި ދައުލަތުގެ ކަންކޮޅުތަކޭ

ފަޚުރުން ވިދާ ގައުމީ ދުވަސް،ފުރަތަމަ ރަބީޢުގެ މުލަ ދުވަސް
ފަޚުރެއްކަމަށްވީ ކިހިނަކުން ކަން "ނޭނގެނީތަ؟ޢަޖައިބެކޭ"

ކީރިތި އުތީމު މަހާރަދުން،އެ ރަދުންގެ ތެދުވެރި ބައިވެރީން
ވީހާ ފިދާ ރޫޙާ ހިތުން މީ އާކުރާންވީ ދުވަހެކޭ

ކޮން ފަދަ ޖިހާދެއްހޭ ކުރީ ފިންޏާއި ހޫނާ ވައިތެރޭ
ކޮން ފަދަ މިސާލެއްހޭ އެއީ އައުދާނަ ލޯބިން ލޭ ކެކޭ

މާޒީގެ ތާރީޚުން ލޮލަށް ފެންނާން އެ ހުރި ޞަފުޙާތަކުން
ޣާޒީ ރަދުންގެ އެ ސީރަތުން ލިބެނީ އެތައް ހާސް ދަރެހެކޭ

އޭރާ މިހާރުގެ ޙާލަތާ ބާރާ ނުފޫޒާ އައި ގޮތުން
ބޭރާއި އެތެރޭން ފެންނަނީ އަޅުވެތިކަމުގެ ކަސްތޮޅުތަކޭ

ގައުމުގެ ޣަދަރުވެރި ޚާއިނުން،ނުލަފާ ނުބައިވީ ދުޝްމިނުން
ގައުމަށް ދެމުންދާ ގެއްލުމާ އަނިޔާގެ މީ ތަކުރާރެކޭ

އެ ދުވަހުގެ ބަޠަލުން ފަދަ ކެރޭ،ދީނާ ވަޒަންދެކެ ލޯބިވާ
ތެދުވެރި ދަރީންތަކަކަށް ވަޠަން އެދިގެން ގޮވާ މީ ވަގުތެކޭ

ގައުމީ ދުވަސް ގައުމުގެދަރީން ދިރުވާނެ އަބަދު މި ގައުމުގައި
ޝައުގާއެކީ އެކަމަށް ނަގާނީ ޙިކުމަތުގެ  ހަތިޔާރެކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *