އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ޝާހިދު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްޙަބާ ދެންނެވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދައުވަތު ދެއްވާފައި ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގައި 76 ވަނަ ބައްދަލުވުމުގައި ތަޤްރީރު ކުރެއްވުމަށް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.



advertisment
2 Responses
ވަޓް އަ ބިގް ޖޯކް!
ދިވެހީން ނަށް އޯކޭ އިއްޔާ އެމަނިކުފާނައް ރާއްޖެ ދައްކާލަންވެސް ފެނޭ…
ގުނބޯ ހެއްދެންޔާ ހަމަ ހައްދަންވީ