01:15
ލ. މާވަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާގެ ގެއިން ދެވަނަ ފަހަރަށް ކަރަންޓް ކަނޑައިލިތާ 50 ގަޑިއިރަށްވުރެ ގިނައިރު ފާއިތުވި އިރުވެސް އަދިވެސް ކަރަންޓް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އަދި ކުޑަކުދިންނާއި އާއިލާގެ ގިނަ ބަޔަކު އަސާސީ ޙައްގަކުން މަޙުރޫމުވެފައިވާތީ، އެ ގެއަށް ކަރަންޓް ދިނުމުގެ ވަގުތީ އަމުރަކަށް އެދިފައި ވިޔަސް މާވަށު ކޯޓުން ވެސް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި ރޭ 9:00ގައި ޙުކުމެއް އިއްވާނެ ކަމަށް މާވަށު ކޯޓުން ކުރިން ބުނެފައި ވީ ނަމަވެސް އެކަމާ ބެހޭ ގޮތުން އެންމެ ފަހުން ކޯޓުން އަންގައިފައިވަނީ މިއަދު ހެނދުނު 10 ޖަހާއިރަށް ކޯޓަށް ހާޒިރުވާން ކަމަށް އަޙުމަދު މޫސާ ވިދާޅުވިއެވެ.
ޕީ.ޕީ.އެމްގެ އިސް ސަޕޯޓަރެއް ކަމަށްވާ އަޙްމަދު މޫސާގެ އަމިއްލަ ގެ ކަމުގައިވާ، މާވަށު "އާފަރުން"ނާއި އޭނާ ހިންގާ ކޭބަލް ޓީވީ އިސްޓޭޝަނުންނާއި ޕީޕީއެމް ނަންބަރު 1 ޖަގަހައިން އެންމެ ފުރަތަމަ ކަރަންޓް ކަނޑައިލީ މި ހުސްވި ސެޕްޓެންބަރު މަހު ހަވަނަ ދުވަހު އެވެ. އެއީ އަޙުމަދު މޫސާގެ އަނބިކަނބަލުންގެ ނަމުގައި މީގެ ހަތަރު ފަސް އަހަރެއްގެ ކުރީން ހިންގި ވިޔަފާރިއެއް ކަމަށްވާ "މާވަށު މާޓް"ގެ ބިލަކަށް ފައިސާ ނުދައްކައި އޮތް ކަމަށް ބުނެއެވެ. އަޙުމަދު މޫސާ ވިދާޅުވާ ގޮތުގައި އޭނާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ބިލަކަށް ދައްކާންޖެހޭ އެއްވެސް ފައިސާއެއް މިހާތަނަށް ދުވަހަކު ވެސް ނުދައްކައެއް ނޯންނާނެއެވެ. އެ ފަހަރު އެ ތަންތަނުން ކަރަންޓް ކަނޑައިލުމަށް ފަހު ހަމަ އެ ދުވަހު އަލުން އެ ތަންތަނަށް ވަނީ ކަރަންޓް ދީފައެވެ. އެ ބިލުގެ ކަންތައް ވަކި ގޮތަކަށް ހަމަނުޖެހެނީހެވެ.
ފައިސާ ނުދައްކާ ހުރި ކަމަށް ބުނާ ބިލްތަކަށް އަރައިފައި ވަނީ ހަތް ހާސް ރުފިޔާއާ ގާތްކުރާ އަދަދެއް ކަމަށް ވެއެވެ.
މިކަން މިހެން އޮއްވައި 13 ސެޕްޓެންބަރުގައި އަޙުމަދު މޫސާއަށް ފޮނުވި އިންޒާރުގެ ސިޓީގައި ފެނަކައިން ބުނެފައިވަނީ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ، އަޙުމަދު މޫސާގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ހުރިހާ ކަރަންޓް މީޓަރުތަކުގެ ޚިދުމަތް ކަނޑައިލާނެ ކަމަށެވެ.
ފެނަކައިގެ މާވަށު ބްރާންޗުގެ މި ސިޓީ ލިބުމުން އެ ސިޓީއާ ޙަވާލާ ދެއްވައި އޭނާގެ ނަމުގައި، ރަޖިސްޓަރީކުރެވިފައިވާ ހުރިހާ މީޓަރެއްގެ ބިލް ތަކަށް ގަވާއިދުން ފައިސާ ދައްކަމުން ގެންދަނިކޮށް، މާ ކުރީގެ ވާހަކައަކާ ޙަވާލާދީ އަދި އެހެން މީހެއްގެ ނަމުގައި މާކުރީން ރަޖިސްޓަރީ ކޮށްފައި އޮތް ކަރަންޓަކަށް ފައިސާ ނުދައްކައިވާ ކަމުގެ ބަހަނާގައި، ކުޑަކުދިންވެސް އުޅޭ ގެއަކުންނާއެކު، ކަރަންޓް ބިލްދައްކާ އިމާރާތްތަކުން ކަރަންޓް ކަނޑައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ގޮތުން ޖެއްސުންކުރުމުގެ ޢަމަލެއް ކަމަށް ދެކޭ ކަމަށް އަޙުމަދު މޫސާ ވިދާޅުވިއެވެ. އަދި މައްސަލައެއް އޮތް ނަމަ ދެ ފަރާތުން ވާހަކަދައްކައިގެން ޙައްލުކުރުމަށް އެދިވަޑައިގެންފައިވާނޭ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. ނަމަވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ނުދީ، އެއްވެސް ޢިޝާރާތަކާ ނުލައި މި މަހު ހަތަރުވަނަ ދުވަހު، "އާފަރު"ންނާއި ކޭބަލްޓީވީ ސްޓޭޝަނުން ކަރަންޓަ ކަނޑައިލައިފައިވާ ކަމަށް އަޙުމަދު މޫސާ ވިދާޅުވެއެވެ. ކުރީ ފަހަރު ޕީޕީއެމް ޖަގަހައިން ކަރަންޓް ކަނޑައިލިޔަސް މި ފަހަރު އެ ތަނުން ކަރަންޓް ކަނޑައިނުލީ ކީއްވެކަމެއް ވެސް ނޭނގޭ ކަމަށް އަޙުމަދު މޫސާ ވިދާޅުވިއެވެ.
އަޙުމަދު މޫސާ ތުހުމަތުކުރައްވާ ގޮތުގައި މިއީ، ސިޔާސީ ގޮތުން އޭނާގެ ފިކުރު ތަފާތުވާތީ ހިންގާ ޖެއްސުންކުރުމުގެ ޢަމަލެކެވެ. އެއީ ފުރަތަމަ ފަހަރު ކަރަންޓް ކަނޑައިލީ، މާލޭގައި ޕީޕީއެމުން ލައިވް ކުރި ޖަލްސާއެއްގައި އަޙުމަދު މޫސާ ވާހަކަދައްކަވާން މާލޭގައި ހުންނެވި ރެއެއްގައި ކަމަށް ވެފައި މި ފަހަރު ކަރަންޓް ކަނޑައިލީ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ހިންގަމުން ދިޔަ ވަގުތުގައި ކަމަށް އަޙުމަދު މޫސާ ވިދާޅުވިއެވެ. އަދި ގަވާއިދުން ކަރަންޓް ބިލަށް ފައިސާ ދައްކަމުން ގެންދާ ޢިމާރާތަކުން ކަރަންޓް ކަނޑައިލުމަކީ ފަރުދެއްގެ އަސާސީ ހައްގަކަށް ގަސްތުގައި އަރައިގަތުން ކަމަށް ވެސް އަޙުމަދު މޫސާ ސިފަކުރެއްވިއެވެ.
އަޙުމަދު މޫސާއަކީ މީސްމީޑިއާ އެކްޓިވިސްޓެކެވެ. އަދި ރައީސް ޔާމީނަށް ވަފާތެރި، ޕީޕީއެމްގެ އެކްޓިވިސްޓެއްވެސް މެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ޖެއްސުންކުރުމާއި ބިރުދެއްކުމުގެ ޢަމަލުތަކަކުން އޭނާ ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އަދި ސިޔާސީ ޙަރަކާތަށް ހުއްޓުމެއް ވެސް ނުގެނެވޭނެއެވެ.
މި ކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް އަދި ނުލިބެއެވެ.



advertisment
8 Responses
ގަދަ އިގޭ އިނބަ. ތިގޮތުގާ ހުންނަވާ.
މީ އޯގާތެރި ސަރުކާރެއް. ތިކަހަލަ ޖެއްސުމެއް ނުކުރާނެ މިސަރުކާރުން ރައްޔިތުންނަކަށް. މިހާތަނަށްވެސް މިދުނިޔެ ނުދެކޭފަދަ އޯގާތެރި ޚުލުގުހެޔޮ ދީންވެރި، އަޅުވެރި، އިންސާފުވެރި، ތަޤުވާވެރި،، ހެޔޮލަފާ ވެރިޔަކުގެ ވެރިކަމުގަ ތިހާ ދަށުދަރަޖައިގެ ކަމެއް ސަރުކާރުން ކުރާނީ ކިހިނެއް؟ އެޖެންޑާ ނަވާރައަކީ ބައެއްމީހުން ދެކޭގޮތުގަ ވަރަށް މަތިވެރި އެއްޗެއް.
އަހުމަދު މޫސާ ގެއިން ކަރަނޓު 2 ފަހަރު މަތިންވެސް ކަނޑާލީ ބިލްގެ މުއްދަތު ހަމަވެ ރެޑް ނޯޓިސް ފޮނުވާ ރެޑް ނޯޓިސްގެ މުއްދަތު ހަމަވުމުން.. މީހުނަށް އޮޅުވާލަން ކަންވީގޮތް ފޮރުވާ ވާހަކަ ދައްކަނީ..ކަރަންޓު ކަނޑާލި ދުވަހާ ޔާމީން ހުކުމް ކުރާ ދުވަހާ ދިމާވީ އިއްތިފާގަކުން… އެދުވަހު ކަރަންޓު ކަނޑައިލީ އޭނަގެ ގޭން އެކަންޏެއް ނޫން..10 ވަރަކަށް ގެއިން ކަނޑާލި ރެޑްނޯޓިސް މުއްދަތު ހަމަވެގެން..އެހެން މީހުން ބިލް ދެއްކި އިރު މީނާ ނުދެއްކީ ހަމަ މިކަން ކުޅިގަނޑަކަށް ހަދަން…
Adhi bunelan..eyna ebunaa maavashu martge meter in eynaa vagah eynaage geyge thanthanah gulhaige vagah karantu beynun kurumuge sababun meter ah hingaafai oi ehchakah reading negi bill kurevumun eynaa dhahkkaa molhuvaaahakayeh…vagu karantu beynun kureemey bunebala nikan…
ސުލްހަވެރިކަމާއެކު ކަންކަން ހައްލުކުރާން ދިވެހީން ދަސްކުރާން ޖެހޭ. 6 އަހަރު ފަހުން އެހާ ގިނަ އަދަދެއްގެ ފަުސާ ނުދައްކައިގެން ކަރަންޓް ކަނޑާލުމުގެ ބަދަލުގައި، އެއީ ދައްކާންޖެހޭ އެއްޗެއް ނަމަވެސް ހައެއްކަ މަހަށް ބަހައިލައިގެން ބިލުފައި ހިމަނައިގެން ދައްކާން ވެސް ހަމަޖެއްސިދާނެ. ސުލްހަވެރި ކިތަންމެ ގޮތްތަކެއް ހުންނާނެ. ދައްކާންޖެހޭ ފައިސާއެއް ދައްކާން ވެސް ޖެހޭނެ. ނަމަވެސް ސުލްހަވެރި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިނުދީ ކުޑަކުދީންނާއި މާބަނޑު މީހުން ކަރަންޓުން މަހުރޫމު ކުރުމަކީ ސަރުކާރު ބަދުނާމުކުރާން ކުރާ ކަމެއް ކަމުގައި ވެސް ބެލިދާނެ
Mary…ethakeh luyeh dheegen ethah sitee eh fonuvaigen ethah dhuvaheh vefaivaa bill eh mieee..bai bayah laari dheyn ves ehbbas nuvaameehehgge vaahaka mee..
މި ސަރުކާރުން ކުރާ ކޮންމެ ކަމެއް ވެސް ވާނީ އިއްތިފާގުން. ކްރިމިނަލް ކޯޓުން ފުންމައިގެން ގޮސް އަލީ ރަޝީދު ސުޕްރީމް ކޯޓަށް ޖެހުނީ ވެސް އިއްތިފާގުން. ރާއްޖެ އިންޑިއާއަށް ވިއްކައިލަމުން ގެންދަނީ ވެސް އިއްތިފާގުން.ޘ
މެނޭޖަރު ހުއްޓައި ޑެޕިޔުޓީއާ ފެނަކަ ހަވާލުކުރީ ވެސް އިއްތފާގުން.