Support Us

އިސްލާމީ ޘަޤާފަތާއި ޙަޟާރަތު ކުރިއަރުވާ ޢިލްމުވެރިންގެ ޖަމިއްޔާގެ ރައީސް ކަމަށް ޑރ. ޝަހީމު

‎އިސްލާމީ ޘަޤާފަތާއި ޙަޟާރަތު ކުރިއެރުވުމަށް ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ހިމެނޭހެން އުފެއްދި ޖަމިއްޔާގެ ރައީސް ކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިންތިހާބުކޮށްފިއެވެ.

ޤައުމީ ފެންވަރުގައި އިސްލާމީ ޘަޤާފަތާއި ޙަޟާރަތު ކުރިއަރުވަން މަސައްކަތްކުރުމަށްޓަކައި އުފެއްދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ފުރަތަމަ ރައީސަކަށް ޑރ. ޝަހީމު އިންތިހާބުކުރީ ރޭ ބޭއްވި އެ ޖަމިއްޔާގެ ބައްދަލުވުމުގައެވެ. މި ޖަމިއްޔާގެ ހަތަރު ނައިބު ރައީސުންވެސް ރޭ ވަނީ އިންތިހާބުކޮށްފައެވެ.

މީގެ އިތުރުން ހިންގާ ކޮމިޓީގެ ހުރިހާ މަޤާމުކަށާއި އިސްލާމިކް އެޑްވައިޒަރީ ކައުންސިލުގެ މަޤާމުތަކުގެ އިތުރުން އިންޓަރނޭޝަނަލް އެޑްވައިޒަރުންނާއި ޚާއްޞަ ދާއިރާތަކުގެ މުސްތަޝާރުންނާއި އެންވޯއީންވެސް ރޭގެ ބައްދަލުވުމުގައި ވަނީ ކަނޑައަޅައިފައެވެ.

އައިއޯސީސީ ހިންގާ ކޮމިޓީ:

ރައީސް: ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ވައިސް ޕްރެޒިޑެންޓް، ޖެންޑަރ އެންޑް ސޯޝަލް އެފެއާޒް: ޑރ. އަނާރާ ނަޢީމު

ވައިސް ޕްރެޒިޑެންޓް، ކަލްޗަރ އެންޑް ސިވިލައިޒޭޝަން: ޑރ. މޫސާ އަންވަރު ޙަސަން

ވައިސް ޕްރެޒިޑެންޓް، ރިސާރޗް، ސައެންސް އެންޑް ޓެކްނޮލޮޖީ: ޑރ. އިސްމާޢީލް ޝަފީޢު

ވައިސް ޕްރެޒިޑެންޓް، އިންޓަރނޭޝަނަލް އެފެއާޒް: އަލީ އަޙުސަން

‎ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް ފަހު، އައިއޯސީސީގެ ފަރާތުން މިއަހަރު ކުރުމަށް އިސްކަންދޭނެ ކަންކަން ވެސް ވަނީ ކަނޑައަޅައިފައެވެ.

އައިއޯސީސީން ކުރުމަށް ޤަސްތުުރާ މުހިންކަންކަން 2021- 2022

‎1. އައިއޯސީސީގެ އިސްތިރާތީޖީ ޕްލޭން އެކުލަވާލައި ވެބްސައިޓް ޤާއިމުކުރުން.
‎2. އިސްލާމްދީނުގެ ޝާމިލު ފިކުރީ ތަޞައްވުރެއް ނެރުން. އަލްމީޘާޤުލްއިސްލާމީ (އިސްލާމީ ޗާޓަރ)
‎3. ޤައުމީ ފެންވަރުގައި، އިސްލާމީ އަޚުލާޤު އާލާކޮށް ދިރުވުމަށް (މަކާރިމުލްއަޚުލާޤު)ގެ ނަމުގައި ޚާއްޞަ ސިލްސިލާ ޕްރޮރްގާމެއް ހިންގުމާއި، ދިވެހި އިސްލާމީ ޤައުމިއްޔަތުގެ އަސާސްތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުން. (މިކަން ކުރިއަށް ގެންދާނީ އައިއޯސީސީގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލުންނެވެ.
‎4. ދިވެހިރާއްޖޭގެ ޚިދުމަތްތެރި ޤައުމީ ލީޑަރުންނާއި ރަސްރަސްކަލުންނާއި އިސްލާމީ ތާރީޚުގެ މުހިންމު ޝަޚުޞިއްޔަތުތަކާ ބެހޭ ގޮތުން ޕްރޮގްރާމްތައް ތައްޔާރުކުރުން.
‎5. އިސްލާމީ ޙަޟާރަތުގެ އަސާސްތައް ތަޢާރަފްކުރުމާއި އިސްލާމީ ޙަޟާރަތުން ހޯދި ކާމިޔާބާއި ކުރިއެރުންތަކާއި، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް ބާރު ދިނުމުގެ ގޮތުން އިސްލާމީ ޙަޟާރަތާ ގުޅޭ ޚާއްޞަ ވީޑިއޯ ލެކްޗަރ ސީރީޒެއް ކުރިއަށް ގެންދިއުން.
‎6. އިސްލާމީ ތަރުބިއްޔަތާއި އަޚުލާޤާއި ޘަޤާފަތާއި ޙަޟާރަތަށް ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ ޓީވީ ޗެނަލްތަކާއެކު ފަހުމުނާމާތައް ޤާއިމުކޮށް، އެމަގުން މަސައްކަތްކުރުން.
‎7. އައިއޯސީސީގެ މަލްޓި ޑިސިޕްލިނަރީ ރިސާރޗް ޖާނަލް (އަލްމަނާރު) ނެރުން.
‎8. އައިއޯސީސީ (ތިންކު ޓޭން) ޤާއިމުކޮށް، އިޖްތިމާޢީ، އިޤުތިޞާދީ ތަރުބަވީ ކަންކަމާމެދު ޢިލްމީ ގޮތުން ދިރާސާކޮށް، ޢިލްމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެގެންވާ ޙައްލުތައް ނެރުން. ތިންކު ޓޭންކުގައި ތިއްބަވާނީ އައިއޯސީސީ އަށް ގުޅިވަޑައިގަންނަވާ ތަފާތު ދާއިރާތަކުގެ ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ބޭފުޅުންނާއި ޕީއެޗްޑީ ކެންޑިޑޭޓުންނާއި، އެ ފެންވަރުގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެންވައިވާ ބޭފުޅުންނެވެ. ތިންކު ޓޭންކު ހެޑް ކުރައްވާނީ، އައިއޯސީސީގެ ވައިސް ޕްރެޒިޑެންޓް، ރިސާރޗް، ސައިންސް އެންޑް ޓެކްނޮލޮޖީއެވެ.
‎9. ހަޔަރ އެޑިއުކޭޝަން އިނިސްޓިޓިއުޓެއް ޑިވެލޮޕް ކުރަން މަސައްކަތްކުރުން.
‎10. ޙާފިޒުން އުފެއްދުމަށް މަސައްކަތްކުރުމާއި ޢަރަބި ބަހާއި އިސްލާމީ ތަރުބިޔަތު ދިރުވައި އާލާކުރަން މަސައްކަތްކުރުން
‎11. އިންސާނީ ޚިދުމަތްދޭ މުއައްސަސާއެއް ޑިވެލޮޕްކުރުން.
‎12. ބޭރުގެ ބަސްބަހުން ލިޔެވިފައި ހުންނަ ޢިލްމީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމާއި، އިސްލާމީ ތަފާތު ދާއިރާތަކުން ދިރާސާތައް ފަބްލިޝްކުރުން. (މިހާރު ވެސް 6 ދިރާސާއެއް ވަނީ ތައްޔާރުކުރެވިފައެވެ. މި ދިރާސާތައް ޝާއިޢުކޮށް ވިއްކައިގެން މާލީ މަންފާއިން އިސްލާމީ ތަކާފުލް ފަންޑެއް ޤާއިމުކޮށް، އެ ފަންޑު އިސްލާމީ އުޞޫލުތަކުގެ ތެރެއިން ތަރައްޤީކޮށް، އެއިން އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމާއި ޘަޤާފަތް ދެމެހެއްޓުމަށް އެހީވުން.
13. ދުނިޔޭގެ އެކިއެކި ޔުނިވަރސިޓީތަކާ ގުޅުންތައް ޤާއިމުކޮށް ދިވެހި ދަރިވަރުންނަށް ތަޢުލީމީ މަރުޙަލާގެ މަތީ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން.
14. އިސްލާމީ ޘަޤާފަތާއި ޙަޟާރަތާ ގުޅޭ ބައިނަލްއަޤުވާމީ ކޮންފަރެންސް ބޭއްވުން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް