މަންޒިލަށް ޝަރަފުވެރި މާދަމާ ދާން އެދޭ
މަންހަޖެއް ދެއްކި ޗާޓުން ހިނގަން އަންގަދޭ
މަންޒަރެއް ކުރެހުމާއެކު އެހީތެެރިވެދޭ
މަންމައެއް ފަދަ ހަޤީޤީ އުނގެއް ލޯބިދޭ
ތަރުބަވެތި ހިޔަލަކުން ޢިލްމު ހަދިޔާކުރާ
ހުރުމަތުގެ ސޫރައެއް ޖީލު ޒީނަތްކުރާ
ހަރުދަނާ ބިންގަލުން ހިތް މި ވަރުގަދަކުރާ
ދަރުސުތައް މުޅި ޙަޔާތް ވޭތިކުރުމަށް ފުދޭ
ކޮންމެ ދުވަހެއް ފެށީ މާދަމާއަށްޓަކައި
ކޮންމެ ބުރައެއްމެ އުފުލީ މި ޤައުމަށްޓަކައި
ކޮންމެ ޤުރުބާނަކުން ދަރިވަރުންނަށްޓަކައި
ކޮންކަމެއްހޭ އޮތީ ޓީޗަރުން ކޮށްނުދޭ
މި ދުވަހެއް މާކުރިން ދެއްކި ޤާބިލް ބައެއް
ވެދުމުގައި ދޫކުރީ ކޮންމެ ލީނޭވައެއް
އެދުމަކަށް ގައިމެ ޒާތީ ނުހެއްލޭ ބައެއް
ޚިދުމަތަށް ޙައްޤު ތަޢުރީފު ކުރެވޭ މަދޭ
