Support Us

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމު ބޭނުންކުރާ ދިވެހިވަންތަ ޖާޒީ ދައްކައިލައިފި

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ދިވެހި ގައުމީ ޓީމު ބޭނުންކުރާ ދިވެހިވަންތަ ޚާއްސަ ޖާޒީ ރަސްމީ ގޮތުން ރޭ ތައާރަފުކޮށްފިއެވެ.

ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި ކުޑަ ހަފުލާއެއްގައި، ގައުމީ ދިދަ ރަމްޒުކޮށްދޭ ފެއްސާއި ރަތާއި ހުދުގެ މި ޖާޒީ ނެރެދެއްވީ އެފް.އޭ.އެމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ މެމްބަރު އަލީ އާޒިމެވެ. މި ހަފުލާގައި އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ބައިވެރިވެވަޑައިގަތެވެ.

އޮކްޓޫބަރު 1-16އަށް މާލޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ އީދުގައި އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެއާއެކު ފަސް ގައުމެއް ވާދަކުރެއެވެ. އެއީ ބަންގްލަދޭޝް، އިންޑިއާ، ލަންކާ އަދި ނޭޕާލެވެ. މުބާރާތް ހުޅުވާ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ލަންކާ އާއި ބަންގްލަދޭޝްއެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނޭޕާލާ ވާދަކުރާނީ މިރޭ 9 ޖަހާއިރެވެ.

ބައްސާމް ވިދާޅުވި ގޮތުގައި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ފުރަތަމަ ކުލައަކީ ހުދެވެ. ދެން ރަތެވެ. ފެހި ކުލައަކީ ވޯމްއަޕް ޖާޒީއެވެ. ނަމަވެސް މިރޭގެ މެޗުގައި ދިވެހި ޓީމު ލާނީ ރަތް ޖާޒީއެވެ. އެއީ ނޭޕާލް ޓީމުން ހުދުގައި ކުޅެން އެންމެ ފަހު ވަގުތު ނިންމުމާ ގުޅިގެންނެވެ.

ގައުމީ ޓީމުގެ ކިޓް މި ފަހަރު ތައްޔާރުކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އައިލެންޑް އެޕަރަލްސް އިންނެވެ. މީގެ ކުރިން ގައުމީ ޓީމުގެ ކިޓް ތައްޔާރުކުރީ މުޅިން ވެސް ބިދޭސީ ކުންފުނިތަކުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *