Support Us

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ތިމަރަފުށީ މީހަކު ފުލުހުން ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ތ. ތިމަރަފުށީ މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންްމުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ތިމަރަފުށީ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު: 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޙަސަން ވަޙީދު، ތ. ތިމަރަފުށި، މުލިމަތީގެ (24 އަހަރު)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުA412811

ހާޒިރުކުރެވޭ ހައިސިއްޔަތު: މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް/ މައުލޫމާތު ސާފުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑިހުޅުމާލެ ޕޮލިސް، 2021 އޮކްޓޯބަރ 6 ވަނަ ދުވަހުގެ 14:00 އަށް

ހުޅުމާލެ އިންވެސްޓިގޭޝަަން ޑިޕާޓްމަންޓްގެ ނަންބަރު: 9980062

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް