Support Us

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުން: އެގްރިމަންޓުގައި ސޮއިކުރި 95 ޕަސަންޓް ފްލެޓަށް ވަނީ ގުޅުން ދީފައި- ސްޓެލްކޯ

ހުޅުމާލޭ ހިޔާ ފްލެޓްތަކުގެ ތެރެއިން އެގްރިމަންޓުގައި ސޮއިކުރި 95 ޕަސަންޓް ފްލެޓަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓުގެ ތެރެއިން ކަރަންޓުގެ ހިދުމަތަށް އެދި މިހާތަނަށް އެގްރީމަންޓް ހަދައިފައިވަނީ 6،106 މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން 5،828 ފްލެޓެއްގެ ވެރިފަރާތުން ވަނީ އެގްރީމަންޓުގައި ސޮއިކޮށްފައި ކަމަށާއި މިވަގުތާ ހަމަޔަށް ހިޔާ ފްލެޓްތަކުގެ ތެރެއިން ސްޓެލްކޯއާއެކު ސޮއިކޮށްފައިވާ 95 އިންސައްތަ ކަސްޓަމަރުންނަށް ކަރަންޓް ގުޅައިދީފައިވާ ކަމަށެވެ.

"މީގެ އިތުރުން، އެގްރީމަންޓުގައި ސޮއި ކުރުމަށްފަހު އެކި ސަބަބުތަކާ ހެދި ކަސްޓަމަރަށް ހާޒިރު ނުވެވިގެން، ކަނެކްޝަން ދެވިފައިނުވަނީ 280 ފަރާތަކަށް. އެއީ އެގްރީމަންޓު ހެދި ފަރާތްތަކުގެ 5 އިންސައްތަ،" ސްޓެލްކޯ އިން ބުންޏެވެ. "މި ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކަނެކްޝަނަށް އެދެވޭނެ އިންތިޒާމް މިހާރު މިވަނީ ހަމަޖެހިފައި."

ހިޔާ 16 ޓަވަރުގައި ހިމެނޭ ފްލެޓްތަކަށް ކަރަންޓް ގުޅައިދީފައި ވަނީ ކަނޑައެޅި ތާވަލާކާ އެއްގޮތަށް މިދިޔަ އޯގަސްޓް މަހުގެ 17 އިން ފެށިގެން ސެޕްޓެމްބަރު 7 އާ ހަމައަށް ކުރި މަސައްކަތުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *