Support Us

ޕޮލިސް ފަސް ޑިވިޝަނަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށްފި

ޕޮލިސް ޑިވިޝަންތައް ފަސް ޑިވިޝަނަކަށް ބަދަލުކޮށް، އެ ފަސް ޑިވިޝަނަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށް މަގާމުގެ ލިޔުން ދީފިއެވެ.

ޑިވިޝަންތަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށް މަގާމު ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އިއްޔެ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ  ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވިއެވެ.

ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށްފައިވާ ޑިވިޝަންތައް:

  • އަޕަރ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު)- ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް
  • ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު)- ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ
  • ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ  އަތޮޅު ހިމެނޭ ސަރަހައްދު)– ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަޠީޙް
  • ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ  އަތޮޅު ހިމެނޭ ސަރަހައްދު)– ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު
  • ސައުތު ޕޮލިސް (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދު)– ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތް އިދާރީގޮތުން އިންތިޒާމުކުރެވިގެންވާ ގޮތް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅުއްވާއިރު، ދިވެހި ފުލުހުންގެ ހިދުމަތް މުޅި ރާއްޖޭގައި އިންތިޒާމްވެގެންވާ ހަ ސަރަހައްދެއް ވަނީ ކަނޑައަޅައިފައެވެ.

އެ ސަރަހައްދުތަކަކީ

ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ސަރަހައްދު)

އަޕަރ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު)

ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު)

ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ  އަތޮޅު ހިމެނޭ ސަރަހައްދު)

ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ  އަތޮޅު ހިމެނޭ ސަރަހައްދު)

ސައުތު ޕޮލިސް (ގއ، ގދ، ޏ އަދި ސ އަތޮޅު ހިމެނޭ ސަރަހައްދު)

ދިވެހި ފުލުހުންގެ ހިދުމަތް މުޅި ރާއްޖޭގައި އިންތިޒާމުވެގެންވާ ހަ ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ކުރިން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ބަހާލެވިފައިވަނީ މާލެ ސަރައްދުގެ އިތުރުން ހަތް ޑިވިޝަނެއްގެ މައްޗަށެވެ. އެއީ، ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އަޕަރ ނޯތު ޕޮލިސް ޑިވިޝަން، ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭ ނޯތު ޕޮލިސް ޑިވިޝަން، ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން، މ. ފ. ދ އަތޮޅު ހިމެނޭ ސެންޓްރަލް ޕޮލިސް ޑިވިޝަން، ތ. ލ ހިމެނޭ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން، ގއ. ގދ ހިމެނޭ އަޕަރ ސައުތު ޕޮލިސް ޑިވިޝަން އަދި ޏ. ސ ހިމެނޭ ސައުތު ޕޮލިސް ޑިވިޝެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *