Support Us

ކުރީގެ ލަވަކިއުންތެރިޔާ ޝަހުބާން ކުއްލި ގޮތަކަށް ނިޔާވެއްޖެ

ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ވިދާލި ކުރީގެ ލަވަކިއުންތެރިޔާ މުހައްމަދު ޝަހުބާން ކުއްލި ގޮތަކަށް އިއްޔެ ހަވީރު ނިޔާވެއްޖެއެވެ.

މަޝްހޫރު ބޮޑުއަކުރު ލިއުންތެރިޔާ ތަބައްގޭ އަލީ ފަހުމީ (ތަބަށް އަލިފުޅަށް) ކާފަ ކިޔާ އުމުރުން 53 އަހަރުގެ ޝަހުބާން ނިޔާވިކަން އެނގުނީ، ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓްގައި، މަޣުރިބު ނަމާދަށް ވުޟޫކުރަން ފާޚާނާއަށް ވަން ގޮތަށް ނުނުކުމެގެން، އެންމެފަހުން އެމް.އެން.ޑީ.އެފްގެ ފަޔަރުން ގެންގޮސްގެން ދޮރު ހުޅުވުމުން ކަމަށް އާއިލާގެ މީހަކު ބުންޏެވެ.

"ދޮރު ހުޅުވިއިރު އޮތީ ނިޔާވެފައި،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޝަހުބާންގެ ދެ ފިރިހެން ކުދިން އެބަތިއްބެވެ.

ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި އެމް.އީ.އެސް އިން ވިދާލި ޝަހުބާން ކިޔައިފައި މަޝްހޫރު ލަވަތަކުގެ ތެރޭގައި "ރީތި ނަލަނަލަ ހަނދެއް ކުރި އަލީގައި.." ހިމެނެއެވެ.

ލަވަކިއުން ހުއްޓައިލުމަށްފަހު ޝަހުބާން ފަހުން ހަރަކާތްތެރިވެފައި ވަނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މިއުޒިކް ގްރޫޕުގެ ޓެކްނިކަލް މީހެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުގައެވެ.

ޝަހުބާންގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި އޮތީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *