Support Us

ތިނަދޫން ވަގަށް ނަގައިފައިވާ ދެ ރަން ތަނޑި އާއި ދެ ރަން އަނގޮޓީގެ ވެރިފަރާތް ހޯދަނީ

ގދ. ތިނަދޫން ވަގަށް ނަގައިފައިވާ ދެ ރަން ތަނޑި އާއި ދެ ރަން އަނގޮޓި ހިމެނޭ ގޮތަށް، އެކި މައްސަލަތަކުގައި ގދ. ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ އެކި މައްސަލަތަކުގައި ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • 2021 ސެޕްޓެމްބަރު 10 ވަނަ ދުވަހު ގދ. ތިނަދޫ ގެއެއްގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ފެން ހޫނުކުރާ ޖަގެއް. އިންސިޑެންޓް ނަންބަރ 497679
  • 2021 ސެޕްޓެމްބަރު 9 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ރަން ތަނޑި. އިންސިޑެންޓް ނަންބަރު 497632
  • 2021 އޮގަސްޓް 3 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް އަތުން ފެނިފައިވާ ދެ ރަން އަނގޮޓި. އިންސިޑެންޓް ނަންބަރު 493916

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792358 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *