Support Us

ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ މެސްކޮޓު 

ސާފް ޗެމްޕިއަންޝިޕަށް ޚާއްސަކޮށް ގައުމީ ޓީމަށް އާ ޖާޒީއެއް

ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ މެސްކޮޓު ތައާރަފުކޮށްފި

އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ޚާއްސަކޮށް ގައުމީ ޓީމަށް އާ ޖާޒީއެއް ތައްޔާރުކުރަމުން އަންނަ ކަމުގައި އެފް.އޭ،އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް "އަދިވެސް" އަށް ވިދާޅުވީ އޮކްޓޯބަރު މަހުގެ 1-16އަށް ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ދިފާއުކުރުމަށް ނުކުންނަ ދިވެހި ޓީމު ބޭނުންކުރާނީ "ވަރަށް ތަފާތު، ދިވެހިވަންތަ ޖާޒީއެއް" ކަމަށެވެ.

ގައުމީ ޓީމުގެ ކިޓް (ޖާޒީ، ޝޯޓު، އިސްޓާކީނު) ތައްޔާރުކުރުމުގެ މަސައްކަތް އައިލެންޑް އެޕެރަލްސް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާ މިދިޔަ ހަފުތާގައި ވަނީ ހަވާލުކޮށްފައެވެ.

ގައުމީ ޓީމުގެ ކިޓްގެ ކަންތައް މީގެ ކުރިން މުޅިން ވެސް ހަވާލުކޮށްފައި ވަނީ ބޭރުގެ ކުންފުނިތަކާއެވެ.

އައިލެންޑް އެޕެރަލްސް އިން ތައްޔާރުކުރާ ގައުމީ ޓީމުގެ އާ ޖާޒީ ތައާރަފުކުރުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ ވާދަކުރާ ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ މެސްކޮޓު ވެސް އެފް.އޭ.އެމުން މިހާރު ވަނީ ތައާރަފުކޮށްފައެވެ. އެ މެސްކޮޓުން ދައްކުވައިދެނީ ފޭއްޔަކާއި ގައުމީ ދިދައިގެ ޖާޒީއެއް ލައިގެން، ބޯޅައެއް ހިފައިގެން އަންނަ ރަތް މަހެކެވެ.

"ރެޑް ސްނެޕާރ" (ރަތް މަސް) އެއީ ދިވެހި ގައުމީ ޓީމުގެ ރަސްމީ ވަނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *