Support Us

ވެމްކޯގެ ޔނުފޯމުގައި ހުރި މީހަކު ގެއެއްގެ ސިޑިމައްޗަށް ހީސްލާ މަންޒަރު (ވީޑިއޯއިން ނަގައި، ކުލަކޮށްފައި)

ސިޑިމައްޗަށް ހީސް ދުއްވާލި މުވައްޒަފު ގޭގެއަށް ނުފޮނުވާ ގޮތަށް ވެމްކޯއިން ނިންމައިފި

ގެއަކަށް ކުނި ބަލައި ގޮސް އެ ގޭގެ ސިޑިމައްޗަށް ހީސް ދުއްވާލި ވެމްކޯގެ މުވައްޒަފު ގޭގެއަށް ނުފޮނުވާ ގޮތަށް އެ ކުންފުނިން ނިންމައިފިއެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޫސްތަކާއި މީސްމީޑިއާގައި މިއަދު ދައުރުވި ވީޑިއޯއާ ގުޅިގެން މައްސަލަ ރައްދުވާ ގޭބިސީއަށް ގޮސް ކަސްޓަމަރާ ބައްދަލުކޮށް، މައްސަލަ ހިނގިގޮތް ބަލައި، ކަސްޓަމަރުގެ ކިބައިން މަޢާފަށް އެދިފައިވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް ޚިދުމަތްތައް ބައްޓަންކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވެމްކޯއިން ބުނެއެވެ.

"އަދި ދަންނަވަމެވެ. މި މައްސަލައިގައި ޝާމިލްވާ ވެށިފާރަވެރިޔާ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ވީނަމަވެސް، އެފަދަ އެއްވެސް އަމަލެއް އެ މުވައްޒަފުގެ ފަރާތުން ކުރިން ފާހަގަވެފައި ނުވާކަން ދަންނަވަމެވެ. މި ކޯޕަރޭޝަންގެ އިޖްތިމާޢީ ޒިންމާގެ ދަށުން، މިފަދަ އެކި ފަރުދުން ދަނީ ވެމްކޯގެ އޮޕަރޭޝަންގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެ، މަސްއޫލްވަމުންނެވެ. ނަމަވެސް މި މައްސަލައިގެ ބާވަތުން، މަތީގައި ބަޔާންކުރެވުނު މުވައްޒަފު ވަނީ ވަގުތީ ގޮތުން މި ކޯޕަރޭޝަންގެ ހައުސްހޯލްޑް އޮޕަރޭޝަނުން އެކަހެރިކުރެވިފައެވެ." ވެމްކޯގެ ބަޔާނުގައިވެއެވެ.

"މައްސަލަ ބަލަމުންދާ މި ދަނޑިވަޅުގައި ހަޤީޤަތް އޮޅޭނެ ފަދަ މޭރުމަކުންނާއި އަދި މި ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް ކުޑައިމީސްކޮށް ހަބަރު ނުލިޔުމަށް ހުރިހާ މީޑިއާގެ ވަސީލަތްތަކަށް ގޮވާލަމެވެ. ދިވެހި ރައްޔިތުންގެ ޚިދުމަތުގައި މި ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ކަސްޓަމަރުންގެ އަރިހުން ފޯރުކޮށްދޭ އެއްބަރާލުމާއި ބަހައްޓަވާ ގާތްކަން އުފަލާއެކު ބަލައިގަންނަމެވެ."

ދައުވަރުވަމުންދާ އެ ވީޑިއޯ އިން ފެންނަނީ މާސްކު އަޅައި، އަންގި ލައްވައިފައި، ވެމްކޯ ޔުނީފޯމުގައި ހުންނަ އެ މީހާ، މުޅިން ނުނިމި ހުރި އެގޭގެ ލިފްޓުން މައްޗަށް އަރައިފައި، ތަށިމުށި ނުޖަހާ ހުރި އެ ސިޑި ކައިރިއަށް ޖެހިލައިފައި، ރަނގަޅަށް ބަލައިލުމަށްފަހު ސިޑިމައްޗަށް ހީސްދުއްވާލާ ތަނެވެ. އަދި ވަށައިގެން އޭނާ މަތި ބަލަނިކޮށް ސީ.ސީ ޓީވީގެ ކެމެރާ ފެންނަ ހިސާބުން ހީސްލުން ހުއްޓައިލުމަށްފަހު އަވަހަށް ސިޑިން ތިރިއަށް ދާތަންވެސް ފެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *