Support Us

ވެމްކޯގެ ޔނުފޯމުގައި ހުރި މީހަކު ގެއެއްގެ ސިޑިމައްޗަށް ހީސްލާ މަންޒަރު (ވީޑިއޯއިން ނަގައި، ކުލަކޮށްފައި)

ޗީޗީ! ވެމްކޯގެ މީހަކު ގެއެއްގެ ސިޑިމައްޗަށް ހީސްލާ މަންޒަރު ފެންނަ ވީޑިއޯއެއް

ޗީޗީ… މިއީ ހާދަ ހަޑި މުޑުދާރު އަމަލެކެވެ. ވީޑިއޯ އިން އެ ފެންނަނީ ގެއަކަށް ކުނި ބަލައިދާ ވެމްކޯގެ މީހަކު، އެ ގޭގެ ސިޑިމައްޗަށް ހީސްލާ މަންޒަރެވެ.

އެ ވީޑިއޯ އިން ފެންނަނީ މާސްކު އަޅައި، އަންގި ލައްވައިފައި، ވެމްކޯ ޔުނީފޯމުގައި ހުންނަ އެ މީހާ، މުޅިން ނުނިމި ހުރި އެގޭގެ ލިފްޓުން މައްޗަށް އަރައިފައި، ތަށިމުށި ނުޖަހާ ހުރި އެ ސިޑި ކައިރިއަށް ޖެހިލައިފައި، ރަނގަޅަށް ބަލައިލުމަށްފަހު ސިޑިމައްޗަށް ހީސްދުއްވާލާ ތަނެވެ. އަދި ވަށައިގެން އޭނާ މަތި ބަލަނިކޮށް ސީ.ސީ ޓީވީގެ ކެމެރާ ފެންނަ ހިސާބުން ހީސްލުން ހުއްޓައިލުމަށްފަހު އަވަހަށް ސިޑިން ތިރިއަށް ދާތަންވެސް ފެނެއެވެ.

ދައުރުވަމުންދާ 40 ސިކުންތުގެ އެ ވީޑިއޯގައި ބުނެފައި ވަނީ "މިއީ 22 ސެޕްޓެމްބަރު ދުވަހުގެ ރޭ މާފަންނުކޮޅު ގެއަކަށް ކުނި ނެގުމަށް ވަން ވެމްކޯގެ މުވައްޒަފަކު ކުރި ހަޑި މުޑުދާރު އަމަލެއް" ކަމަށެވެ.

މީގެ އިތުރުން އެ ވީޑިއޯ އާންމުކޮށްފައި ވަނީ އެއްވެސް ފަރާތެއް ފަލީހަތްކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި "މިފަދަ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި" ކަމަށްވެސް ބުނެފައިވެއެވެ. ވީޑިއޯގައި އެ މީހާގެ މޫނު ވަނީ ނުފެންނަ ގޮތަށް ސެންސަރުކޮށްފައެވެ.

"ލިފްޓް ބޭނުންކުރާ ބައެއް އިމާރާތްތަކުގެ ސިޑިއަކީ އާންމުކޮށް ބޭނުންނުކުރާ ތަނަކަށްވާއިރު، ސިޑި ގޮޅިއަކީ ރަނގަޅަށް ބެލެހެއްޓި، ސާފުކުރެވޭ ތަނަކަށް ހެދުންވެސް މުހިންމެވެ." އެ ވީޑިއޯގައި ނަސޭހަތްތެރިވެފައިވެއެވެ.

މި ވީޑިއޯއާ ބެހޭ ގޮތުން ވެމްކޯގެ ބަހެއް އަދި ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *