Support Us

ސްރީލަންކާ ސަފީރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސްރީލަންކާ ސަރުކާރުން އ.ދ. އަށް ކަނޑައަޅައިފައި ހުންނަވާ ޕަރމަނެންޓް ރެޕްރެޒެންޓެޓިވް މޯހަން ޕީރިސްގެ ދެކަނބަލުން ދެއްވި ރޭގަނޑުގެ ޚާއްޞަ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ވެސްޓިން ގްރޭންޑް ސެންޓްރަލްގައި ބޭއްވި މި ޚާއްޞަ ފަރިއްކޮޅު ބާއްވާފައި ވަނީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިޔުޔޯކަށް މިހާރު ޒިޔާރަތްކުރައްވަމުންދާ ބައެއް ބޭފުޅުންގެ ޝަރަފުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް ޞާލިހާއި ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައާއި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޢަބްދުﷲ ޝާހިދެވެ.

އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނިއުޔޯކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުންވެސް މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ، އިބްރާހީމް ހޫދާއި އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރު ތިލްމީޛާ ޙުސައިނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓް އެންޑް ޕްރޮޓޮކޯލްގެ ސެކްރެޓެރީ، ފާޠިމަތު މުޙައްމަދު ޞާލިޙާއި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ހިމެނެއެވެ.

މި ފަރިއްކޮޅުގައި، ސްރީލަންކާގެ ރައީސްގެ އަނބިކަނބަލުން އައޯމާ ރާޖަޕަކްސައާއި ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން ރިލޭޝަންސް ޕްރޮފެސަރ ގާމިނީ ލަކްޝްމަން ޕީރިސްއާއި، ސްރީލަންކާގެ ފޮރިން ސެކްރެޓަރީ އެޑްމިރަލް ޕްރޮފެސްރ ޖަޔަނާތް ކޮލޮމްބަގެއާއި އިތުރު އިސް އޮފިޝަލުން ބައިވެރިވެވަޑައިގެނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *