Support Us

ތުރުކީގެ ރައީސްގެ އަނބިކަނބަލުން ފޮތެއް ނެރުއްވި ޙަފްލާގައި މެޑަމް ފަޒުނާ ބައިވެރިވެވަޑައިގެންފި

ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނެ އެރޑޮގަން ނެރުއްވި "މައި ޓްރެވަލްސް ޓު އެފްރިކާ" ފޮތް ނެރުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ނިއުޔޯކް ސިޓީގައި ހުންނަ ޓަރކިޝް ހައުސްގައި ބޭއްވެވި މި ޙަފްލާގައި ޤައުމުތަކުގެ ވެރިންގެ އަނބިއަނބި ކަނބަލުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތައް ތަމްސީލުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން ލިޔުއްވާފައިވާ މިފޮތަކީ އެކަމަނާގެ މަންމާފުޅަށް ޚާއްޞަކޮށްގެން 2014 އާއި 2020 ދެމެދު އެކަމަނާ އެފްރިކާއަށް ކުރެއްވި ޒިޔާރަތްތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ. މިފޮތުން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ އެފްރިކާގެ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *