...

Support Us

މަގޭ ހިތާއެވެ، މިއީ ބޮމްބޭއެވެ!

މިއީ ފިލްމް "ސީ.އައި.ޑީ" (1956) ގެ "ޔެހި ބޮމްބޭ މެރި ޖާން" (މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!) މިލަވަ ކިޔާފައިވަނީ މުހައްމަދު ރަފީއުއާއި ގީތާ ދަތުއެވެ. މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައިގައި ބަލައިލެވިފައިވަނީ ދިރިއުޅުމުގެ މަސައްކަތުގައި ހޭބޯނާރާ އެންމެން މަސައްކަތް ކުރަމުންދާއިރު ބައެއް ފަހަރު ހަމައެކަނި މާއްދީ މަސްލަހަތާއި ފައިދާއަށް ބެލި, އެހެން ހުރިހާ އަގުތަކެއް، ވަކީން ޚާއްސަކޮށް އަޚުލާގީ އަގުތައް، ގެއްލިދާތަނެވެ. މާއްދީ ފައިދާ ހޯދުމުގެ ގޮތުން ކޮންމެ ކަމެއް ކުރުން ވެސް އެންމެ ރަނގަޅުވެގެންދެއެވެ. ވައްކަންކުރުމާއި ފޭރުންވެސް އެންމެ ރަނގަޅުވެގެންދެއެވެ. އެހެން މީހުންނަށް މަކަރު ހެދުމާއި ކެހިދިނުމަކީ ވެސް ވިޔަފާރީގެ އުކުޅަކަށް ވެގެންދެއެވެ. އެކަން ކަމުން މާއްދީ ފައިދާއެއް ލިބެން އޮތް ނަމަ، މަރާމާރީ ހިންގުމާއި މީހުން މެރުން ވެސް އެންމެ ރަނގަޅު ކަމަކަށް ވެގެންދެއެވެ. އަމިއްލަ ތަރައްގީގެ މަސައްކަތްތަކުގައި އެންމެން އަވަދިނެތި އުޅުމުގައި ތެދުވެރިކަމާއި އަމާނަތްތެރިކަން ފަދަ އަޚުލާގީ މާތްސިފަތައް އެއީ އެއްވެސް އަގެއް، ބުރަދަނެއް ދެވޭ ސިފަތަކެއް ނޫނެވެ. އެހެން މީހުންނަށް ކަމޭހިތުމާއި އަޅާލުން، ދީލަތިވުމާއި އެހީތެރިކަން ފޯރުކޮށްލުން ފަދަ އިންސާނީ މާތް ސިފަތަކަށް ރިއާޔަތްކޮށްލުން ނެތިދެއެވެ. އާދެ! މިރަށުން މުދަލާއި ފައިސާ ލިބިދާނެއެވެ. ނަމަވެސް ރަށުގެ މީހުންގެ ކިބައިގައި އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތެވެ. ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި މަރާމާރީ ހިންގުމާއި މީހުން މެރުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާލުމަކީ މާބޮޑު ކަމަކަށް ނުވެއެވެ. އަދި ކިއެއް ހެއްޔެވެ؟ އެފަދަ ކަންކަން އާންމުވެފައި އޮތުމުން އެއީ އާއްމުން ކަންބޮޑުވެ ބިރުގަންނަވާލާ ނޫނީ ސިއްސުވާލާ ކަންކަމެއްވެސް ނޫނެވެ. އެކަންކަމަށް އެންމެންވަނީ ހޭނި، އާދައިގެ ކަމަކަށްވެފައެވެ. މެއްސެއް، މަދިރިއެއް މަރާލުން ފަދަ ކަމަކަށް ވެފައެވެ.

(ފިރިހެން އަޑު)

އޭ ހިތާއެވެ، މިތާ ދިރިއުޅުމަކީ ހާދަ އުނދަގޫކަމެކެވެ!

ސަމާލުވެ ހުންނައްޗެވެ! މިހަލަބޮލި މާހައުލުގައި ހުޝިޔާރުވެ އުޅެއްޗެވެ!

މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!

މިތާ އިމާރާތްތައް އެބަހުއްޓެވެ އަދި ކާރާއި ޓުރޭމާއި ކާރުޚާނާތައް ވެސް އެބަހުއްޓެވެ.

މި ހުރިހާ އެއްޗެއް ވެސް މިތަނުން ލިބިދާނެއެވެ. އެހެން ނަމަވެސް މިތަނަކުން ހިތެއްގެ އުފަލެއް ނުލިބޭނެއެވެ.

ހަލަބޮލިކަން ބޮޑު މިރަށުގައި އިންސާނިއްޔަތުކަމުގެ ކުޑަ ކަންފުޅެއްވެސް ފެންނާކަށްނެތެވެ.

އޭ ހިތާއެވެ! މިތާ ދިރިއުޅުމަކީ ހާދަ އުނދަގޫކަމެކެވެ!

ސަމާލުވެ ހުންނައްޗެވެ! މިހަލަބޮލި މާހައުލުގައި އުޅެން ދަސްކުރައްޗެވެ! މިއީ ބޮމްބޭއެވެ!

އެއްބަޔަކު ކުޅެނީ ލޮޓަރީއެވެ. އަނެއްބަޔަކު ބާޖުމަރައެވެ.

އަނެއް ބަޔަކު ވަންކަންކުރެއެވެ. އަނެއްކޮޅުން އެއްބަޔަކު ބަނޑަށްޖެހެނީއެވެ.

އަނެއްބަޔަކު (ފަރުވާއެއް ނުލިބި) އެކިއެކި ވޭންތައް ބަރުދާސްތުކުރަނީއެވެ. އަނެއްބަޔަކު ހިތާމަތަކުގައި ނިމިދަނީއެވެ.

އެހެން ނަމަވެސް، ކަމެއްނުކޮށް ބޭކާރުކޮށް އުޅޭ މީހުށް ކުރާނެ މަސައްކަތްތައް ވެސް މިތަނުގައި އެބަހުއްޓެވެ.

މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!

އޭ ހިތާއެވެ، ދިރިއުޅުމަކީ ހާދަ އުނދަގޫ ކަމެކެވެ!

ސަމާލުވެ ހުންނައްޗެވެ. މިހަލަބޮލި މާހައުލުގައި އުޅެން ދަސްކުރައްޗެވެ. މިއީ ބޮމްބޭއެވެ!

މިރާއްޖޭގައި ގެދޮރުނެތި އުޅެންޖެހުމުން އާވާރާވެ އުޅެނީއޭ ކިޔާހަދައެވެ.

އަނެއްބަޔަކު މީސްތަކުންގެ ކަރުކަނޑަމުންދާއިރު އެއީ ވިޔަފާރިއޭވެސް ކިޔައިއުޅެތެވެ.

ތަފާތުނަންނަން ކިޔެއްކަމަކު މިކަންކަން މިއޮތީހަމަ އެއްކަހަލަ ކަންކަމަށްވެފައެވެ!

ސަމާލުވެ ހުންނައްޗެވެ! މިހަލަބޮލި މާހައުލުގައި އުޅެން ދަސްކުރައްޗެވެ! މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!

އޭ ހިތާއެވެ، ދިރިއުޅުމަކީ ހާދަ އުނދަގޫކަމެކެވެ!

ސަމާލުވެ ހުންނައްޗެވެ. މިހަލަބޮލި މާހައުލުގައި ހުޝިޔާރުވެ އުޅެއްޗެވެ! މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!

(އަންހެން އަޑު)

ކަލާ ތިބުނަނީ ދުނިޔެއަކީ ހަމައެއް އިންސާފެއް ނެތްތަނެކޭ ހެއްޔެވެ؟

ތިހާ ވަރަށް ކޮސްނުގޮވާށެވެ! އަދި ދަންނާށެވެ! ކަލާއަށް ކާން ލިބޭނީ ކަލާ އިންދި ގަހެއްގެ މޭވާއެވެ!

ހަގީގަތަކީ މިއީއެވެ. ބިރުދައްކައިގެން މިތާކު ކަމެއް ނުވާނެއެވެ.

މިއީ ބޮމްބޭއެވެ. މިއީ ބޮމްބޭއެވެ. މިއީ ބޮމްބޭއެވެ. މަގޭ ހިތާއެވެ!

(ފިރިހެން އަޑު)

އޭ ހިތާއެވެ! ދިރިއުޅުމަކީ ހާދަ އުނދަގޫ ކަމެކެވެ!

ސަމާލުވެ ހުންނައްޗެވެ! މިހަލަބޮލިމާހައުލުގައި ހުޝިޔާރުވެ އުޅެއްޗެވެ! މިއީ ބޮމްބޭއެވެ! މަގޭ ހިތާއެވެ!

(އަންހެން އަޑު)

އޭހިތާއެވެ ދިރިއުޅުމަކީ ދާދި ފަސޭހަކަމެވެ!

އަޑުއަހާށެވެ! ބޭފުޅާއެވެ، އަޑުއަހާށެވެ! ރަހުމަތްތެރިޔާއެވެ. މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!

(ފިރިހެން އަޑު)

އޭ ހިތާއެވެ، ދިރިއުޅުމަކީ ހާދަ އުނދަގޫކަމެކެވެ!

ސަމާލުވެ ހުންނައްޗެވެ! މި ހަލަބޮލި މާހައުލުގައި ހުޝިޔާރުވެ އުޅެއްޗެވެ! މިއީ ބޮމްބޭއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.