...

Support Us

ކުޑަ ގާބުރިއެއްގެ ވާހަކަ

މިއީ އީލިޔާ އަބޫމާޟީގެ ޅެމަކާއި އެޅެމުގެ ތަރުޖަމާއެކެވެ. މިޅެމަށް އޭނާ ދެއްވާފައިވާ ނަމަކީ الحجر الصغير، އާދެ [ކުޑަ ގާބުރި] މިނަމެވެ. ޅެމުގައި ކުޑަގާބުރިވަނީ އިންސާނެއްގެ ސިފަދެވި، [ތަޝްޚީޟް] (ޕާސަނިފައި) ކުރެވިފައެވެ. ޅެމުގައި ބަޔާންކޮށްދެވެނީ އެކުޑަގާބުރީގެ ހިތުގައި ހިނގާ ޝުއޫރުތަކެވެ. މުޖުތަމައު ދެކޭގޮތުގައި އެ ގާބުރިއަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫނެވެ. އޭނާއަކީ ކަޅުވެފައިވާ މަށް ގާބުރިއެކެވެ. އަދި އޭނާގެ މަސައްކަތަކީވެސް 'މޮޅު' މަސައްކަތެއްނޫނެވެ. އޭނާއަކީ ކޯރެއްގެ ފެންގަނޑެއް ހިފަހައްޓަން އެޅުނު ހުރަސްފާރެއްގައި (ޑޭމެއްގައި) ހިމެނޭ އާދައިގެ ކުޑަކުޑަ އެޅިގާބުރިއެކެވެ. އޭނާގެ ވަޒީފާއަކީ މިހުރަސް ވެއްޓުނަނުދީ ހިފެހެއްޓުމެވެ. މިއީ 'ދަށް' މަސައްކަތެކެވެ. ދެރަ ނިކަމެތީންގެ މަސައްކަތެކެވެ. އެހެންވެ، އެމަސައްކަތަކީ އޭގެ އަގުވަޒަންކުރެވޭ މަސައްކަތަކަށްނުވެއެވެ. މިއީ މުޖުތަމައު އޭނާއާ ދޭތެރޭ ދެކޭގޮތެވެ. އަދި އޭނާގެ މަސައްކަތާ ދޭތެރޭ ދެކޭގޮތެވެ. އާދެ، އޭނާއަކީ، މުޖުތަމާ ދެކޭގޮތުގައި، އެއްވެސް އަގެއްނެތް، ދެރަ، ނިކަމެތި ފަޤީރު މީހެކެވެ. ދަށް، ހަޑި، އެއްވެސް އަގެއްނެތް މަސައްކަތް ކުރާ މީހެކެވެ.

އެހެންވެ، މިކަމާ މާޔޫސްވެގެން، ގާބުރި ނިންމީ އޭނާގެ ހަޔާތް ނިންމާލައި، މިދުނިޔެ ދޫކޮށްދާށެވެ. ދެންކަންތައް ވެގެންދިޔައި ކިހިނެއްތޯއެވެ؟ ގާބުރި އޮތްމަގާމުގައި އޭތި ނެތުމުން ހުރަސްފާރަށް ސަލާމަތުން ދެމިނޯވެވުނީއެވެ. އަދި އެންމެފަހުން ފެންހުރަސް ވެއްޓުނީއެވެ. އަދި މުޅިރަށުގައި ފެންބޮޑުވެ ރަށް ހަލާކުވީއެވެ.

މިޅެމަކީ، ކިޔުންތެރިންނަށް ފާހަގަކުރެއްވޭނެ ފަދައިން، ރަމްޒީ ޅެމެކެވެ. ޅެމުގައި ކުޑަގާބުރި ބޭނުންކުރެވިފައިވަނީ ރަމްޒެއްގެ ގޮތުގައެވެ. އެރަމްޒު ބޭނުންކުރެވިފައިވަނީ ޅެންވެރިޔާ އެދޭ މެސެޖް، ރިސާލަތު، ފޯރުކޮށް ދިނުމަށެވެ. ޅެމުގައި ކުޑަ ގާބުރި ރަމްޒުކޮށްދެނީ މުޖުތަމައުގެ އާދައިގެ މީހެކެވެ. އޭނާގެ މަސައްކަތެވެ. އާދެ! މިޅެމުން ފޯރުކޮށްދެވޭ މެސެޖަކީ، ރިސާލަތަކީ، އެއްވެސް މީހަކުކުރާ މަސައްތަކަކީ 'ދެރަ' މަސައްކަތެއް ނޫންކަމެވެ. ކޮންމެ މީހަކީވެސް މުޖުތަމައުގައި އަގުހުރި މީހެއްކަމެވެ. އޭނާ ކުރާ މަސައްކަތަކީ މުހިއްމު މަސައްކަތެކެވެ. އެމަސައްކަތުގެ މުހިއްމުކަން އެނގި، އޭގެ އަގުވަޒަންކުރެވެނީ، އެމަސައްކަތް ކުރާމީހާ ނެތުމުންނެވެ. ކުޑަ ގާބުރިނެތުމުން، ފެންހުރަސްވެއްޓި، މުޅިރަށުގައި ފެންބޮޑުވުމުން ކުޑަ ގާބުރީގެ މަސައްކަތުގެ މުހިއްމުކަން އެނގި ފާހަގަކުރެވިގެންދިޔަ ފަދައިންނެވެ. މިއިން އަންގައިދެނީ މީހެއްގެ އަގު ވަޒަންކޮށް، އެމީހާއަށް ދެވޭ ގަދަރާއި އިހުތިރާމު ކަނޑައަޅާލެވެންޖެހެނީ، އެމީހާކުރާ މަސައްކަތުގެ ބާވަތަށް ބަލާފައެއްނޫކަމެވެ. އެނާއަކީ އިންސާނަކަށްވާތީ އޭނާއަށް ގަދަރުކުރެވި އިހުތިރާމު އަދާކުރެވެންޖެހެއެވެ. އަދި ކޮންމެކަހަލަ މަސައްކަތެއް އޭނާ ކުރިކަމުގައިވިޔަސް، އެމަސައްކަތްތަކުގެ އަގުވަޒަންކުރެވެން ޖެހެއެވެ. މިއަގު ވަޒަންކުރުން އެމަސައްކަތަށް ދެވޭ އުޖޫރައިން ފެނިގެންދާންޖެހެއެވެ. މިހެންވެއްޖެނަމަ، މުޖުތަމާގެ އަފުރާދުން، ހުރިހާ ބާވަތެއްގެ މަސައްކަތްކުރަން ކުރިމަތިލުމާ ގާތްވުން ބޮޑެވެ. ވަކި ކަހަލަ މަސައްކަތެއް ނޫނީ ނުކުރަން، އެމީހުން ނުތިބޭނެ ކަމަށް ފެނެއެވެ. މިޅެމުން ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ، ރިސާލަތަކީ، އަޅުގަނޑަށް ހީވާގޮތުގައި މިއީއެވެ.

ކުރިންވެސް ނަންގަތް ފަދައިން ޅެމުގައި 'ކުޑަގާބުރި’އަށް ވަނީ އިންސާނީ ސިފަ ދެވި، ތަސްޚީޞު (ޕާސަނިފައި) ކުރެވިފައެވެ. ހަމަ އެހެންމެ 'ރޭގަނޑު’، އަދި 'ފަތިސް' ފަދަ ފުރާނަނެތް އެހެން އެއްޗެހިވެސް ވަނީ އިންސާނުންނަށް ހަދާލެވިފައެވެ. އެހެންވެ، ޅެން ތަރުޖަމާ ކުރެވިފައިވާނީ މިކަމަށް ރިއާޔަތް ކުރެވިގެންނެވެ. އާދެ، އިންސާނެއް ފަދައިން 'ރޭގަނޑަށް' އިވުމާއި 'ގާބުރި' ވާހަކަދެއްކުމާއި 'ފަތިސް' އޭނާގެ ލޯހުޅުވާލުން، މިފަދައިން އިބާރާތްކުރެވިފައިވަނީ މިހެންވެއެވެ. އިތުރު ޝަރަހައަކާ ނުލައި ޅެން ހުށަހަޅާލުމަށް އަވަސްވެގަންނަމެވެ. އަދ ތިރީގައި މިޅެމުގެ މާނައިގެ ޚުލާސާއެއް އިނގިރޭސި ޅެން ބަހުންވެސް ލިޔެލައި ހުށަހަޅާލަމެވެ.

سمع الليل ذو النجوم أنينا وهو يغشى المدينة البيضاء

ތަރިތަކުން ފުރިފައިވާ ރޭގަނޑަށް ކުކުރާލުމެއްގެ އަޑު އިވުނެވެ. އޭނާ(ގެ އަނދިރިކަން) މުޅި 'ހުދުރަށަށް' ފަތުރާލާފައިވަނިކޮށެވެ.

فانحنى فوقها كمسترق الهمس يطيل السكوت والإصغاء

ދެން އެރަށާ ދިމާލަށް ލެނބިލިއެވެ. (ދޭދޭމީހުން) ސިއްރުން ދައްކާވާހަކަތައް އަޑުއަހަން އުޅޭ މީހެއް ފަދައިންނެވެ. ހިމޭނުން، ކަނުލައި އަޑުއެހުންމަތީ އޭނާ ދެމިހުއްޓެވެ.

فرأى أهلها نياما كأهل الكـ هف لا جلبة ولا ضوضاء

އޭނާއަށް ފެނުނީ އެރަށު މީހުން ނިދާފައިވަނިކޮށެވެ. ކަހުފު ބާގާއިގެ މީހުންފަދައިންނެވެ. އެއްވެސް އަޑެއް، ހިލުމެއް، (ރަށަކު) ނެތެވެ.

ورأى السدّ خلفها محكم البنيان والماء يشبه الصحراء

އަދި ރަށުގެ ބިއްދޮށްފަރާތުގައި ވަރުގަދަކޮށް އެޅިފައިވާ ފެންހުރަސް (ޑޭމް) ވެސް އޭނާއަށް ފެނުނެވެ. އަދި (އެފެންހުރަސް ހިފަހަށްޓައި ބަންދުކޮށްލައިފައިވާ ކޯރުގެ) ފެންގަނޑު (ދެމިފައިވާ) ހަނަފަސް ސަހަރާއެއްފަދައެވެ. (އެހާވެސް ބޮޑެވެ.)

كان ذاك الأنين من حجر في السـد يشكو المقادر العمياء

އެ ކުކުރާލުމުގެ އަޑު އިވުނީ ފެންހުރަހުގައި އޮތް ގާބުރިއެއްގެ ފަރާތުންނެވެ. ކަނުއަނދިރި ތަގުދީރުގެ ކަންތައްހުރި ގޮތާމެދު، އެގާބުރި ޝަކުވާކުރަނީއެވެ.

أيّ شأن يكون في الكون شأني لست شيئا فيه ولست هباء

(އެގާބުރި ބުނަމުން ގެންދިޔައެވެ.) މިވުޖޫދުގައި (ދުނިޔޭގައި) އަހަންނަށް އޮތީ ކޮންމަގާމެއް ހެއްޔެވެ؟ އަހަންނަކީ އެއްވެސް (އަގެއްހުރި) އެއްޗެއްނޫނެވެ. އެންމެ ކުޑަވެގެން (މިނިވަންކަމާއެކު ވައިގެތެރޭގައި އެނބުރެވޭ) ކުނޑި ކޮޅަކަށްވެސް އަހަރެންނުވެއެވެ.

لا رخام أنا فأنحت تمثا لا، ولا صخرة تكون بناء

އަހަރެން، އެއިން ބިންވަޅުނަގައި ބުދުތައް ހެދޭ، ސަންގުމަރުމަރު ހިލައަކަށްވެސް ނުވެއެވެ. ނުވަތަ އެއިން (މޮޅު) ބިނާތައްހެދޭ ހަރު ހިލައަކަށްވެސް ނުވެއެވެ.

لست أرضا فأرشف الماء ، أو ماء فأروي الحدائق الغنّاء

އަހަރެންނަކީ ފެންލިބޭ (މޮޅު) ބިންގަނޑަކަށްވެސް ނުވެއެވެ. ނުވަތަ (ގަސްގަހާގެހިން) ލަވަކިޔައި (ނަށާހަދަމުން، މީސްތަކުން އުފާކޮށްދޭ) ބަގީޗާތަކަށް ފެންދޭ ފެނަށްވެސް އަހަރެންނުވެއެވެ.

لست درا تنافس الغادة الحسناء فيه المليحة الحسناء

އަހަރެންނަކީ، ނަލަ ރީތި އަންހެންކުދިން، ހިތްއުފާކޮށްދޭ ރީތި (އެހެން) އަންހެންކުދީންނާ ވާދަކޮށް އެމުތް ހޯދަން އުޅޭ ރީތި މުތަކަށްވެސް ނުވެއެވެ.

لا أنا دمعة ولا أنا عين، لست خالا أو وجنة حمراء

ނޫނީ (އެއިން ކުއްޖެއްގެ ލޮލުން ވެއްޓޭ) ކަރުނަ ފޮދަކަށް، ނޫނީ (އެއިންކުއްޖެއްގެ ޖާޒުބީ) ލޮލަކަށް، ނޫނީ (އެއިން ކުއްޖެއްގެ މޫނުމަތީގައިވާ) ކަޅު ތިއްކަކަށް، ނޫނީ (އެއިން ކުއްޖެއްގެ) ޖަންބުކުލައިގެ ކޯތާފަތަކަށްވެސް (އަހަރެން) ނުވެއެވެ.

حجر أغبر أنا وحقير لا جمالا ، لا حكمة ، لا مضاء

އަހަންނަކީ ހަމަ (އެއްވެސް އަގައްނެތް) ކަޅުވެފައިވާ ދެރަނިކަމެތި ގާބުރިއެކެވެ. އެއްވެސް ރީތިކަމެއް ނުވަތަ ހިކުމަތެއް، ބުއްދިވެރިކަމެއް، ނުވަތަ (ކަމެއް) ހިންގާލުމުގެ ބާރެއް، އަޒުމެއް، އަހަންނަކަށް ލިބިފައެއްނުވެއެވެ.

فلأغادر هذا الوجود وأمضي بسلام ، إني كرهت البقاء

އެހެންވެ އަހަންނަށްހަމައެކަނި އޮތްގޮތަކީ ސަލާމަތުން (ހުރިއިރު) މިދުނިޔެ ދޫކޮށްދިޔުމެވެ. އަހަރެން ދުނިޔޭގައި ދިރިދެމިހުރުމުގެ މަތީން މުޅިންފޫހިވެއްޖެއެވެ.

وهوى من مكانه، وهو يشكو الأرض والشهب والدجى والسماء

ދެން އެގާބުރި އެއޮތްތަނުން ވެއްޓިގަތެވެ. ބިމާ ތަރިތަކާއި އަދި ރޭގަނޑާއި އުޑާއި، (ހުރިހާ އެއްޗަކާ،) ދޭތެރޭވެސް ޝަކުވާކުރަމުންނެވެ.

فتح الفجر جفنه فإذا الطوفان يغشى ((المدينة البيضاء))

ފަތިސް އޭނާގެ ލޯ ހުޅުވާލުމުން ދިޔައީ ސިއްސައިގެންނެވެ. (ގާބުރި ވެއްޓުމުން، ފެންހުރަސް ހަލާކުވެ، ފެނުގެ) ތޫފާނެއްއައިސް މުޅި ހުދުރަށް ވަނީ ފޮރުވާލެވި (ފެނުގެތެރެއަށް ގެނބި)ފައެވެ.

[މިޅެމުގެ މައްޗަށް، އިނގިރޭސި ޅެން ބަހުން ހެދިފައިވާ ޅެމެއް ތިރީގައި އޮންނާނެއެވެ.]

The loose brick: One’s worth
The night starry and bright,
Engulfed the City White,
All quiet, none in sight,
They lay under sheets tight.
A moan, the night, she heard,
“This is”, she thought, “absurd”,
“Who could this be? A bird?”
“Who has my silence stirred?”
She bent towards earth dear,
“I’ll find who sheds a tear,”
She says, “And wipe his fear”,
“And him, I’ll try to cheer.”
It was the brick who cried,
He sat on the dam’s side,
‘How cruel’s fate!” he sighed,
“I’m none! I wish, I died.”
“I am no pearl that’s sought,”
“And for sweet beauties bought,”
“I’m just a brick worth naught,”
“This is why I’m distraught.”
“I wish I were the earth,”
“That sips water, gives birth,”
“To trees and plants, of worth,”
“That brings to hearts all mirth.”
“Why should I stay alive?”
“What’s there for me to strive?”
The brick then took a dive,
He drowned; did not survive.
The night, what could she do?
She was all hurt and blue,
She cried the night all through,
‘Till all stars said adieu.
And when the new morn woke,
It saw the dam all broke,
The White City, its folk,
Had drowned and no soul spoke.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.