Support Us

ސ. ހިތަދޫން ފެނުނު 11 ބަނގުރާ ފުޅީގެ ވެރިޔަކު ނެތް

ސ. ހިތަދޫގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 11 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ފެނުނު ބަނގުރާ ފުޅިތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ފުލުހުން ބުނީ ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ބެލެހެއްޓުމަށް ޕެޓްރޯލުކުރަމުން ދިޔައިރު، މަގުމަތީގައި ހުރި 33 އަހަރުގެ މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް