...

Support Us

އިންޑިޔާ އެމްބަސީ ކައިރީގައި އޮތީ ކާކުގެ 50 ރުފިޔާއެއް؟

އިންޑިޔާ އެމްބަސީ ކައިރިން ހޮވައިފައިވާ ފަންސާސް ރުފިޔާ ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • ސެޕްޓެމްބަރު 22 ވަނަ ދުވަހު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ބައިސްކަލް. އިންސިޑެންޓް ނަންބަރު 499005
  • ސެޕްޓެމްބަރު 23 ވަނަ ދުވަހު އުނިގަސްމަގުން ވަގަށް ނަގާފައިވާ ކަމަށް ބެލެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 1 ބައިސްކަލް.  އިންސިޑެންޓް ނަންބަރު. 499421
  • ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގު/ ފާސްޓް ފިކްސް ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ބުރުމާ (ނިއަޓެކް ބްރޭންޑް). އިންސިޑެންޓް ނަންބަރ 499219
  • ސެޕްޓެމްބަރު 24 ވަނަ ދުވަހު ރޯޝަނީމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ކެމެރާ އަދި އަނގޮޓިއެއް. އިންސިޑެންޓް ނަންބަރ 499288
  • ސެޕްޓެމްބަރު 24 ވަނަ ދުވަހު އާބުރުޒު ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މާކަރީ ލައިޓެއް. އިންސިޑެންޓް ނަންބަރ 499259
  • ސެޕްޓެމްބަރު 25 ވަނަ ދުވަހު އަމީރު އަޙްމަދުމަގު / އިންޑިޔާ އެމްބަސީ ކައިރިން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފަންސާސް ރުފިޔާ. އިންސިޑެންޓް 499378
  • ސެޕްޓެމްބަރު 25 ވަނަ ދުވަހު ޕޮލިޓެކްނިކް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ގޭސް ފުޅި. އިންސިޑެންޓް ނަންބަރ 499435
  • ސެޕްޓެމްބަރު 26 ވަނަ ދުވަހު ހ.ސަހަރާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެޗްޕީ ކާޓްރިޖެއް. އިންސިޑެންޓް ނަންބަރ 4994332

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.