Support Us

ބުއްދި ލުހިގެން ދަނިއްޔޭ!

ލޮލަށް ފެންނަ މަންޒަރުތަކުން ރޮއްވަނިއްޔޭ
ބޮލަށް ބަރުވެ އުނދަގޫ އެހައި ބޮޑު ވަނިއްޔޭ

ބަލާލައިފި ނަމައީ ދުރަށް ނޭފަތަށް ވުރެ
ސަލާމަތް ނުވާތަން ލޮލަށް ފެންނަނިއްޔޭ

މުދާވެރިކަމަށް އޮތް އެދުން ބޮޑުވެ ދިއުމުން
ހުދާ ކަޅު މިތާ ވަކިކުރަން ނޭނގެނިއްޔޭ

ވަފާތެރިކަމަށް ގަދަރުދޭ ބަޔަކު ނެތިގޮސް
ލަފާ ކަންކަމާ މީސްތަކުން ދުރު ވަނިއްޔޭ

އަރާމާއި އުފަލަށް މި ދުނިޔޭގެ އެދިގެން
ޙަރާމެއް ޙަލާލެއް ބަލާ ނުމެ ލަނިއްޔޭ

އަމާނާތް ތެރިންނާ ޚިޔާނާތް ތެރިންނާ
ޒަމާނަށް މިއައި ބަދަލު އޮޅުވާ ލަނިއްޔޭ

ހަދާ މަކަރު ޙީލަތް ބިރެއް ނެތި އުޅޭ އިރު
ލަދާ ތަދުގެ ކުޑަ ކަންފުޅެއްވެސް ނެތިއްޔޭ

މިހެން މިހިރަ ކަންކަން ހިނގާ ދާން ފެށީމާ
ގިހެއްވެސް ޖަހާ ނުލެވި އޮވެ ވިސްނެނިއްޔޭ

ނިތަށް ރޫ އަރާ ދެބުމަ ގޮށްޖެހި އެކީގައި
ހިތަށް ވާ ވަރުން ކެތްނުވާ ވަރު ވަނިއްޔޭ

މެޔަށް ވާ ތަދުން ނުލެވި ނޭވާ މަގޭ ގޮސް
ހެޔަށް ވާގޮތުން ބުއްދި ލުހިގެން ދަނިއްޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *