އަޅުންގެއަޅުންކަމަށް ނުވުމަށް ހިނގާވިސްނާލަމް އެންމެން
އަޅުންކަންމީ ހަނދާންކުރަމުން މަވެތިނުވަމާއަލުންއަމުދުން
***
އަޅުންގެ އަޅުންކަމަށް ވީމާ "ތެދެއްނޫން" ތަކެކެ ކިއިދާނޭ
ފަޅުން ގެވަޅަށް ނަގާ ވެއްޔާ އަކިރިފަދައޭ ބުނެވިދާނޭ
އަޅުންގެއަޅުންކަމަށްނުވުމޭ ލަފުޒު "މިނިވަން" ގެމާނައަކީ
ދަޅުންނުޖަހާ އެކީ އުޅުމޭ ހަމަޔަކީ އެއްޔެ ކިއިދާނޭ
ކޮބާމިނިވަންކަމެއް އެބުނާ އުދުއްސައިވެސް ނުގަނެވޭއިރު
ކޮބައިބާ މާނައެއް މި ބަހުން ނެތޭ ނުގުޅޭ ލިއެވިދާނޭ
އަޅުންކަމުގައިވި އިންސާނާ މިނިވަނޯތް ކިޔާ ގޮވާއިރުގައި
ތަޅުންތަޅުދަނޑި ނެރެވެނީވެސް އަމުރުފުޅުގައި ޔަގީންވާނޭ
އަޅުންކަން ނޭނގިއެއްނޫނޭ އަޅުންނެއްނޫން ކަމަށްހެދެނީ
ކަޅުން ހުދުވަކިކުރަން އެނގުނަސް މޮޅީއޭ ހިތްގޮވާފާނޭ
ހަނދާންނެތިކޮށްލަނީ ﷲ އަޅުންމީ އަހަރެމެން ބި ﷲ
އަދާ މާދަމައަކުން މިކަމެއް ޔަގީނޭ ބަދަލު ނުމެވާނޭ
އިމެއްގައި ދެއްވިމިނިވަންކަން ހިސާބުކުރައްވަވާގޮތުގައި
އިމެއްނެތި އޭގެމާނަމުޅިން ބަދަލުކުރަނީ "ހަރާން" ވާނޭ
އަޅުންގެއަޅުންކަމަށް ނުވުމަށް ހިނގާވިސްނާލަމް އެންމެން
އަޅުންކަންމީ ހަނދާންކުރަމުން މަވެތިނުވަމާއަލުންއަމުދުން
***
އަޅުންގެ އަޅުންކަމަށް ވީމާ "ތެދެއްނޫން" ތަކެކެ ކިއިދާނޭ
ފަޅުން ގެވަޅަށް ނަގާ ވެއްޔާ އަކިރިފަދައޭ ބުނެވިދާނޭ
އަޅުންގެއަޅުންކަމަށްނުވުމޭ ލަފުޒު "މިނިވަން" ގެމާނައަކީ
ދަޅުންނުޖަހާ އެކީ އުޅުމޭ ހަމަޔަކީ އެއްޔެ ކިއިދާނޭ
ކޮބާމިނިވަންކަމެއް އެބުނާ އުދުއްސައިވެސް ނުގަނެވޭއިރު
ކޮބައިބާ މާނައެއް މި ބަހުން ނެތޭ ނުގުޅޭ ލިއެވިދާނޭ
އަޅުންކަމުގައިވި އިންސާނާ މިނިވަނޯތް ކިޔާ ގޮވާއިރުގައި
ތަޅުންތަޅުދަނޑި ނެރެވެނީވެސް އަމުރުފުޅުގައި ޔަގީންވާނޭ
އަޅުންކަން ނޭނގިއެއްނޫނޭ އަޅުންނެއްނޫން ކަމަށްހެދެނީ
ކަޅުން ހުދުވަކިކުރަން އެނގުނަސް މޮޅީއޭ ހިތްގޮވާފާނޭ
ހަނދާންނެތިކޮށްލަނީ ﷲ އަޅުންމީ އަހަރެމެން ބިﷲ
އަދާ މާދަމައަކުން މިކަމެއް ޔަގީނޭ ބަދަލު ނުމެވާނޭ
އިމެއްގައި ދެއްވިމިނިވަންކަން ހިސާބުކުރައްވަވާ ގޮތުގައި