Support Us

ޕާޓީއިން ވަކިވި މީހާ

އެންމެ ގިނައީ ދޭހުގައި ވަރިއާއި ޕާޓީތައް މެޔޭ
ދެން ފަގީރުކަމާއި ނިކަމެތިކަން އެއާ ގުޅިފައިވެޔޭ

އޮންނަ ހަމަޖެހުމާއި އެއްބައިވަންތަކަން ހިފެހެއްޓުމަށް
ކޮންމެ ގޯޅިއަކާ މަގެއްގައި ދިހަ އެތައް ޕާޓީވެޔޭ

ކޮންމެ ޕާޓީއެއް ވިޔަސް ހަމަ ހިނދުކޮޅެއްގެ ތެރޭ އިގޭ
އެންމެ ފަޅިއެއް ނޫން އެތައް ބަޔަކަށް މި ޕާޓީ ބައިވެޔޭ

ކޮންމެ ބަޔަކުން ވެސް އިތުރު ދެބައެއް އަލުން މައުޖޫދުވޭ
ކޮންމެހެން އެއްބައިވުމަށް ދެން އަދި މަސައްކަތްކޮށްލަޔޭ

ނަމަވިޔަސް އަނގުރޭ އެއީ އަލިފާން އެއިން ލިބިފައިނުވާ
ހަމައެކަނި ކަންޏެއް ބުރައިލުން ނޫން ކަމެއް ނުމެވޭމެޔޭ

މުޅި އަނގުރުތައް ވެސް ނިހާޔަތުގައި އަނދައިގެން ހުލިވުމުން
އަޅިކޮޅެއް ނޫން ހަމަ އެކައްޗެއް ވެސް ވުޖޫދަށް ނާދެޔޭ

ރަށް އެކީ މިތުރުންތަކުން ފުރިފައިވިޔަސް ތޮއްޖެހި އެކީ
ރައްޓެހީންގެ ތެރޭން އެކަކު ވެސް އަހުރެނަށް ނުލިބޭމެޔޭ

ކަން މިހެން ހުރުމާއެކީ ޕާޓީ ހެދީން ނަފުސީ ގޮތުން
ދެން މަވެސް އެއްފަދައަކުން އަހުރެންގެ ޕާޓީން ވަކިވިޔޭ

ނޯޓް: މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ނޫނެވެ. މިއީ ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ލިޔުއްވައިފައިވާ "ޕާޓީން ވަކިވުން" ކިޔައިލުމަށް ފަހު، އެ ޚިޔާލުތައް ވަޒަން ބަހުރުވައަށް ބަދަލުކޮށްލެވޭތޯ ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *