ހިނގާށޭ މިރޭ ބުރު ޖަހާލަން ދަމާ
މަގާ ގޯޅިތަކުގައި ހިނގާލަން ދަމާ
ޝަފީގާގެ ހުރި ގާތްކަމާ ހެޔޮކަމުން
އަފީފާ ބުނީ އާނ ހިނގާ ގޮސްލަމާ
މަގަށް ނުކުމެގެން މާދުރަށް ނުދެވެނީސް
ވަގަކު އައިސް ދަބަސް ފޭރި ގެންފިޔެ ދަމާ
މަގޭ އަތްދަބަސް ދޭށެ ބުނުމާ އެކީ
މަގޭ އަނގަމަތީގައި ޖެހީ އަތް ދަމާ
އެތަންވަޅު ޝަފީގާ ބުނީ ދެރަވެފައި
މިތަނުގައި ނުތިބެ ދެން ހިނގައި ގަންނަމާ
ގެޔަށް ދާން ދެމީހުން ހިނގައި ގަތްތަނާ
ގަޔަށް ވަޅި ޖެހީ އެހެރަ ބިރު ކުޑަ ކަމާ
އަމާންކަމުގެ ނެތް ކަންފުޅެއް މަގުމަތީ
ޒަމާނަށް މި އައި ބަދަލު ވިސްނާލަމާ
މައެއް ދަރިއަކަށް ވެސް ބަލާނުމެ ލަތޭ
ބައެއް މީހުނާ ކޮށް ހަދާ އިރު ދިމާ
މިއީތޯ ތަނަށް އައި ތަރައްގީ އަކީ
މިއީތޯ އެދޭ ބަދަލު މިނިވަންކަމާ
ކުރިން އޮތް އަމާން ކަން އަލުން ހޯދުމަށް
ދަރިން ދިވެހި ހަމަ އިސްކޮޅަށް ތެދުވަމާ