Support Us

ޢީދު ގެނެސްދިން ޙައްޖު

މި ޢީދެއްމެ ގެނުވީ ނުހަނުމާތްވި ޙައްޖޭ    ވި ޢީދުގެ އުފާވެސް މި ގެނުވީ މި ޙައްޖޭ

އުފާތައް ކުރާނޭ ގޮތާފޮތް އެނގޭއިރު    ކުރާކަށް ހަނދާންވެސް ތި ނެތެނި މަ ޙައްޖޭ

އެތައްގިނަވި ޤުރްބާން ތަކެއްކޮށް ކެއުންކައި   ނިޔަތްވެސް ތި ނެތެނީ ނަށާއިރު މަ ޙައްޖޭ

އެ ދުވަހެއްގެ މާތްކަން ކިޔައިދީ އުޅޭއިރު    ވި ދުވަހެއްގެ ނަންވެސް ނުލިޔަނީ މި ޙައްޖޭ

ދަރިންނަށް ރަހައިންވީ އުފާތައް އެނގޭއިރު  ދަރިންނަށް ވި ނޭނގޭ ނަމެއްމީ މަ ޙައްޖޭ

އުޑާބިން ކަނޑާ ވައި މި ޙައްޖަށް ގޮވާއިރު   ފުނޑާލައި މި ނަންވެސް ނިވައިވީ މި ޙައްޖޭ

އެތައްގުނަ ޘަޥާބެއް ލިބޭނޭ ޠޮޥާފުން    ހިތަށް ލުއި ލިބޭކަން ނުއެގިވީ މި ޙައްޖޭ

އުފާވެރި ވި ޝަރަފެއް މި މޫސުމްގެ ލިބިވީ    އުފާވާގޮތެއްގައި ގެނެސްދިން މި ޙައްޖޭ

ސަލާމްކޮށް ކިޔައިފައި މުބާރިކް އެ ޢީދަށް    ސަލާމުން ވި އެކަހެރި ތި ކޮށްލީ މަ ޙައްޖޭ

ދުވަސް ޢީދު އެނގިގެން ދަރިންތައް އެ ހޭއިރު   ދުވަސް ނޭގި ދުރުގައި ވި ބާކީ މި ޙައްޖޭ

ކިޔާތީ މި އިވެނީ އައީ ޢީދުދުވަހޭ    ކިޔަންވީ ދުލުން އަދު އައީ މާތް މި ޙައްޖޭ

މިއަދުމީ އެ ދުވަހޭ މިއަދުމީ އެ އުފަލޭ    މިއަދު މީ އެ ޝަރަފޭ ލިޔާށޭ މި ޙައްޖޭ

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *