Support Us

ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް އެއް ވިއުގައަކުން ކަރަންޓުދިނުމުގެ މަސައްކަތް ސްޓެލްކޯގެ އިންޖިނިއަރުންކުރަނީ -ފޮޓޯ: ސްޓެލްކޯ

މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ގުޅައިލައި، އެއް ވިއުގައަކުން ކަރަންޓުދިނުމުގެ ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ނިންމައިލައިފި

މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ގުޅައިލައި، ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް އެއް ވިއުގައަކުން ކަރަންޓުދިނުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

"މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ،" ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ. "ގްރޭޓާމާލެ ގްރިޑާއެކު އަޅުގަނޑުމެން މިވަނީ ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތެއް ގިރާކޮށްފައި. އިރާދަކުރެއްވިއްޔާ މި ގްރިޑާއެކު އަޅުގަނޑުމެން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެ."

ސްޓެލްކޯ އިން ބުނީ ކޮވިޑްގެ ދަތި ހާލަތުގައިވެސް މަސައްކަތަށް ހުއްޓުމެއް ނައިސް އެ މަސައްކަތް ކާމިޔާބުކަމާއެކު، ނިންމާލުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުންގެންދާ އެ ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ގުޅައިލުމުގެ މަސައްކަތް ފެށީ އިއްޔެއެވެ.


ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްރޫއެކެވެ.

މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި އަދި ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިއީ ކާކު ފެށި މަޝްރޫޢެކޭ މި ލިޔުނު މީހަކަށް ބުނާން ނުކެރުނަސް، މިއީ ދެކުނު އޭޝިޔާގެ އެންމެ ވިޝަނަރީ ލީޑަރު ރައީސް ޔާމީންގެ މަސައްކަތްޕުޅެއް، ފިނިހަކަ ދުވެލީގައި އެ ނިމުނީ. އިންޑިއާގެ އެހީގައި ވެރިކަން ވަގަށް ނުނެގި ނަމަ، މި މަޝްރޫޢޫ ނިންމައި ވިލިނގިލީ ބްރިޖް ނިންމާނެތާ ކިތަންމެ ދުވަހެއް. ޝުކުރިއްޔާ، ރައީސް ޔާމީން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *