Support Us

މިނިވަންކަން ފައިދަށުލެވޭއިރު އެނގޭބާ

މިނިވަންކަމާއި ސިޔާދަތާ ދިވެހިއްޔަތަށް ލިބިފައި މިވާ
ދިނިގެން ނުދާފަދަ ޙާލުގައި ފައިދަށު ވަނީ ވިސްނައިބަލާ

ނަމުގައި ކަމާވާފަދައަކުން އަނދުނެއް އަޅައި ދައްކާ ވިދުން
ހަމުގައި ދެކުލަ ވީ ޚާއިނުން ހެވަކަށް ދެކޭ އަދު ހޭ އަރާ

އުފަލާ އަރާމެއްކަމަށް ދެކެ ހިތް ލެއާ ވަޠަނުގެ ދިރުން
އުފަކާރަކަން ޖީބަށްކަހަން ދިއްކޮށް ލަނީ ބޭރަށް ޖަހާ

ތާރީޚުގައި ލީ ރަހައަކަށް އަޅުވެތިކަމުން ވީ ރިހުމަކަށް
އާ ދަހިވެތިން ކޮށްފައި މަލާމާތް ތިބެ މި ބިން ކޮށްފިއެފަނާ

ހުއްރިއްޔަތަށް އެދިގެން ދެވޭ ތަރުބިއްޔަތެއް ނުމެ ނެތް ލިބޭ
ޙުއްބުލް ވަޠަން ކޮށް ރަމްޒަކަށް ޢިލްމުގެ ވެށިން ލައިފިއެ މަރާ

މިނިވަންކަމަށް އައްޑަނަވެދާ ޤައުމުގެކަމާ ހުނަރާ ފިކުރު މުޑުދާރުކޮށް
ހިނިތުންވެތިބެ ޤައުމުގެދަރިން އެކަމުން ފެއަށް ލައި ފިއެ ނޮޅާ

ބޭރުން ދިރޭ ވިޔަފާރިވެރި ނަމައީ ޚިޔާލެއް ތިބެ ގެނެސް
ރޭރުންވެދާފަދަ ވިސްނުމުން ވިސްނައި ދެނީ މުށް އެކު މޮހާ

ހެދިފޯދިދާ ހުރިހާ ފިކުރު ދިރުވައިވަނީ އެދުމުން ފުރައި
ބެދިގޮސް ބިދޭސީ އަތްތަކަށް ދޫކޮށްލަނީ އެދުމުންފުރާ

ހެޔޮވާނެތޯ ޤައުމާ ސަލާމަތް ނެތިކުރަން ވަޠަނުގެ ދަރިން
ހެޔޮވާނެތޯ ލިބިވީ ޝަރަފު ދޫކޮށްލުމަށް ލިބިފައި މިވާ

މިނިވަން ދުވަހު ޙާލަތު ބަލައި ކުރިމަގު އުޖާލާވާނެގޮތް
ގިނިކޮށް ނުލައި ސިކުނޑިން ކިރައި މޭނެރެ ދަރިން ބަލަމާހިނގާ

ވަޠަނެއް ދިވެހި ޤައުމެއް ދިވެހި ސަރުކާރަކަސް ދައުލަތްވިޔަސް
އަތަކަށް ލިބުން ނޯންނާނެއޭ މިގޮތަށް ވުމުން ވިސްނައިލަމާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *