Support Us

ސިޔާސަތަކީ ދީނުގެ އެއް ބައެވެ.

ދީނަކީ ކަންތައް ކުރަންވީ ގޮތް އެނގޭނޭ ހަމަތަކޭ
ދީ ނަތީޖާ ހެޔޮމަގަށް ކުރިޔަށް ހިނގަންވީ މަގުތަކޭ

އަޅުކަމާ މަތިވެރިވި އަޚުލާޤާ ޢަޤީދާއާ "ގުޅުން"
އަޅުތަކުންނަށް  އަންގަވައި ނާޒިލްކުރެއްވެވި ގޮތްތަކޭ

ވެރިކަމާ ބާރާ ނަހީއާ އަމުރުތައް ޝާމިލުވެގެން
ވެރިކަމާއި ސިޔާސަތާ ދައުލަތް ގުޅައިދޭ ބާރެކޭ

ހިންގުމަށް އެކިއެކި ސިޔާސަތު މީސްތަކުންނަށް ބުނެދެމުން
ބިންމަތީގައި ވީ ޚަލީފާ އިން ބަލަންވި އަސާސެކޭ

ކިހިނަކުން ދީނާ  ނުލައި "ޕޮލިސީ" މިތާނގައި ވާނެނީ!؟
މިހިރަ ހުރިހާ ކަންކަމަށް ވިސްނައިފިނަމަ…ހުރި ހެކިތަކޭ

ދައުލަތެއް ޤާއިމުކުރަން ރާވައިލެވޭނެ ސިޔާސަތީ
ޤައުމަށާ ވަޠަނަށް ހެވާ މަންފާ ލިބޭނޭ ގޮތްތަކޭ

ކާކުތޯ ދީނާ ނުލައި ފުރިހަމަ އުޞޫލީ ވެރިކަމެއް
ތާކުގައި ޤާއިމުވެފައި ވީތީ ދުށީ…….؟؟ ޙިކުމަތްތަކޭ

ދައުލަތާ ދީނާ ސިޔާސަތު ގުޅުވަމުން އިންސާނުނަށް
ޤައުމު ކުރިއަރުވައި ތަރައްޤީކޮށްލުމަށް  އޮތް  މަގުތަކޭ

މާކުރިން ވިސްނައި ސިޔާސަތު ވަކިކުރަން ދީނާ މުޅިން
ތާކު މީހަކު އުޅުނަކަސް ބާޠިލު އެއީ ދަޢުވާއެކޭ

ކައު ރަސޫލާ އުއްމަތަށް ގެންނެވި އިލާހީ ދީނަކީ
[ބައުވުމެއް ނެތް] ހަމަތަކެއް ފެންނާނެ މަތިވެރި ދީނެކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
212112
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *