ފަޅުވެރިން ނުތިބެ ނިދާފައި އަވަހަށް ހޭލަ ބަލާ
މަޅުމަތީ ފައި ހަރުކޮށްލައި ކެރިގެން ތެދުވެ ބަލާ
ބާރުގަދަ ޠޫފާނެއް އުތުރުން އެބަހަރަ އާދޭ
ބާރުގަދަ ރޯޅި ވަޔާއެކުގައި ބޯ ކެރި އާދޭ
ބާރު އޮއެވަރުގެތެރޭ ރާޅު ބޮޑުވަމުން އާދޭ
ބާރު ހުރިވަރު ދަނެގެން އޮޑި އަވަހަށް އަނބުރާލާ
ހަރުދަނާ ނެއްވަކު ހުންގާނަށް ބޭނުން އެބަވޭ
ވަރުބަލައިގެން ރާޅުގެ ދުއްވާލަން ލޯ ހުޅުވޭ
ފަރުފަރާ ގިރިގިރިޔާ ހާހާތައް ވަކި ކުރެވޭ
ހަރުއަޑުން މޮޔަނުގޮވާ ވިސްނުން ކުރިޔަށް ނެރެލާ
މާ ކަނޑަށް ޣަރަގުވެ ދާން އޮޑި ދޫކޮށް ނުމެލާށޭ
ހައި ބަނޑަށް ތިބެ މަރުވާން އިސްޖެހިފައި ނުތިބޭށޭ
ފާޑަކަށް ބިރުގެންފައި ނުތިބެ ދެ ލޯ ހުޅުވާށޭ
ރާޑަރުން ބަނދަރު ބަލައިގެން ރައްކާތެރިވެ ބަލާ