Support Us

 ބ. އޭދަފުށި، ނާދީ، މައުރޫފު އަލީ

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ފޭރޭ މީހާގެ އިއުތިރާފު ވީޑިއޯއެއް

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން 1،500 ޑޮލަރަށްވާ ރުފިޔާ އަތުލި ކަމަށާއި، ނަމަވެސް ޑޮލަރު ނުދީ ފިލީ ކަމަށް، އެ މައްސަލައިގައި ފުލުހުން ހޯދަމުންދާ ކަމަށް ބެލެވޭ މީހާ ބުނާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

މި މަހުގެ 22 ގައި ވީޑިއޯއެއް އާންމުކުރުމަށް ފަހު ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ 2021 އޭޕްރީލް 26 ވަނަ ދުވަހުގެ ވަގުތެއްގައި ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ މީހާ ބުނަނީ އޭނާ އަކީ ބ. އޭދަފުށި، ނާދީ، މައުރޫފު އަލީ ކަމަށާއި 1،500 ޑޮލަރު ވިއްކަން ކަމަށް ބުނެ ލަންކާ އަންހެނެއް އަތުން ރުފިޔާ އަތުލި ކަމަށެވެ. 

"އޭނާ އައިސް އަހަރެން އަތަށް (ރުފިޔާ) ދިނީމާ ގޮސްފައި މައްޗަށް އަރައިފައި ފިލީ. އެ ރުފިޔާ އަށް ޑޮލަރެއް ނުދެވޭ. އަހަރެން އެ ލާރި ބޭނުންކުރީ،" ކޮޓަރިއެއްގައި ރުފިޔާތަކެއް އަތަށް އަޅައިގެން އިނދެ ބަޔަކަށް އެ ވާހަކަތައް ކިޔައިދެމުން މައުރޫފު ބުންޏެވެ.

އެ ވީޑިއޯގައި މައުރޫފު އަދި ބުނީ ޑޮލަރު ދޭނަމޭ ކިޔައިފައި އެހެން މީހަކު އަތުން 20،724ރ. ފޭރިގަތް ކަމަށެވެ. އެ ފައިސާ އިން މިހާރު ބާކީ އަތުގައި އޮތީ 985ރ. ކަމަށް ވެސް އޭނާ ބުނެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯ ނަގައިފައި ވަނީ ކޮން އިރަކު، ކޮން ތާކު ކަމެއް ނޭނގެއެވެ. އަދި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމެއް ވެސް ނޭނގެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް