Support Us

"އެމް.ވީ އަލިހުރަސް": ކުރިން އެސް.ޓީ.އޯ އިން ބޭނުންކުރި ޓޭންކަރެއް، މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ވަނީ ފިއުލް ސަޕްލައިޒްގެ ފްލީޓަށް އިތުރުކޮށްފައި -ފޮޓޯ: ފިއުލް ސަޕްލައިޒް

4.5 މިލިއަން ލިޓަރުގެ ތެޔޮ ހުރި ޓޭންކަރެއް ދިޔަވާތީ ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ދެކުނުގެ ރަށްރަށަށް ގެންދާ 4.5 މިލިއަން ލިޓަރުގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރާ ފިއުލް ސަޕްލައިޒްގެ ތެޔޮ ޓޭންކަރެއް ގދ. ފަރެސްމާތޮޑާ ބަނދަރުގައި އޮއްވައި ދިޔަވާން ފެށުމުން، އެމް.އެން.ޑީ.އެފްގެ ޑައިވަރުން ގޮސް، ދިޔަވުން ކޮންޓްރޯލްކޮށްފިއެވެ. ބޯޓު ދިޔަވި ނަމަވެސް ކަނޑަށް ތެޔޮ ބޭރުނުވާ ކަމަށް ވެސް އެމް.އެން.ޑީ.އެފުން ބުންޏެވެ.

"އެމް.ވީ އަލިހުރަސް" އިން ދިޔަވާ މައްސަލަ ހައްލުކުރުމުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ޑައިވަރުން އެހީތެރިވަނީ. -ފޮޓޯ: އެމް.އެން.ޑީ.އެފް

އެމް.އެން.ޑީ.އެފުން ބުނީ "އެމް.ވީ އަލިހުރަސް" ދިޔަވާކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު ލިބުމުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ޑައިވަރުން ގޮސް ފީނައިގެން ބެލިބެލުމުން، ބޯޓުގެ ހަލްއިން ދިޔަވާ ހިސާބު ދެނެގަނެވި، ދިޔަވުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޓޭންކަރުން ދިޔަވަނީ އިންޖީނު ރޫމާ ދިމާލުންނެވެ.

ޖުމްލަ 17 ފަޅުވެރިން ތިބި މި ބޯޯޓުގައި 4322.735 ކިލޯ ލީޓަރުގެ ޑީސަލާއި 456.514 ކިލޯ ލީޓަރުގެ ޕެޓްރޯލް ހުރި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ވެސް އެމް.އެން.ޑީ.އެފުން ބުނެއެވެ.

"އެމް.ވީ އަލިހުރަސް" އިން ދިޔަވާ މައްސަލަ ހައްލުކުރުމުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ޑައިވަރުން އެހީތެރިވަނީ. -ފޮޓޯ: އެމް.އެން.ޑީ.އެފް

ކުރިން އެސް.ޓީ.އޯގެ ޓޭންކަރެއްގެ ގޮތުގައި ބޭނުންކުރި "އެމް.ވީ އަލިހުރަސް" މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ވަނީ ފިއުލް ސަޕްލައިޒްގެ ފްލީޓަށް އިތުރުކޮށްފައެވެ. ފިއުލް ސަޕްލައިޒް އަކީ އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް