Support Us

ކިޔާށޭ! ނުކިޔާށޭ!

"އޭގެއިން" އަދި "މީގެން" މިލެއްލެކަށް ނުކިޔާށޭ
"އޭގެތެރެއިން" ނޫނީ "އެއިން މިއިން"މެ ކިޔާށޭ

"ގާތުގައި" ބުނެ އުޅެނީ އިންސާނުންނަށް ނިސްބަތު
ގާތުގައި ހުންނާނަން ގާތު މަގޭ ބަލަ ކިޔާށޭ

"ކައިރި" ބޭނުން ކުރަނީ ފުރާނަނެއް އެއްޗެއްސަށް
ކައިރިކައިރީ މޭޒުގެ ކައިރި އެ ގޭ ދެން ކިޔާށޭ

"ދެމެދު" ދެ ކަމެއްގެ ދެ އެއްޗެއްގެ ދެމެދު ބުނެ އުޅެނީ
"ދެމެދު" މި ހަމައިގެ މަތިން ބޭނުން ކުރަމުން ކިޔާށޭ

"އެނބުރިއައުމޭ" މީހުންނަށް ބޭނުންކޮށް އުޅެނީ
އެނބުރިއައުމެއް އުޅަނދަށް ޔޮޓު ބޯޓަށް ނުކިޔާށޭ

ދަތުރު ކުރަމުން އުޅަނދެއް "އަނބުރައިފައި" އަންނާނީ
ދަތުރު ދިޔަ ދޮންމޫސާ "އެނބުރިއައީ"އޭ ކިޔާށޭ

ލިޔުނު މަޒުމޫނު އަތުން ލިޔުމަށް ފަހު ޓައިޕު އެ ކޮށް
ލިޔުނު ދެ ލިޔުން ބަލަ "އަޅުވައި" އަޅެ ދެން ނުކިޔާށޭ

ބަހުގެ ހަމައީ ދެ ލިޔުން އެކުގައިމެ "އަޅައި ކިޔުމޭ"
ބަހުގެ ހަމައަށް ނުފެތޭ ކުށް ލަފުޒެއް ނުކިޔާށޭ

ރަނގަޅު ގޮތަކީ "ނުތަކައިގެން" ބުނުމޭ ހާލަތުގައި
ރަނގަޅު ނޫން "ނުކަތައިގެން" އާދެ! މިހެން ނުކިޔާށޭ

"ކުރުނބަލެއް"، އަދި "މެޓަލެއް" އެ "ދިމާލަށް" މި 'ދިމާލަށް'
"އަޑުބަލެއް"، "ބޮޑުކަރަލެއް" ދިގު "ތޮރަލެއް" ނުކިޔާށޭ

"ކުރުނބައެއް"، އަދި "މެޓައެއް' އެ "ދިމާއަށް" މި "ދިމާއަށް"
"އަޑުބައެއް" "ބޮޑުކަރައެއް" ދިގު "ތޮރައެއް" ދެން ކިޔާށޭ

މިފަދަ ކުށްކުށް ނުކިޔާ ހެޔޮ ގޮތްތައް ބޭނުންކޮށް
މިފަދަ ނަލަ ރީތި ދިވެހިބަސް ދިރުވަން ތެދުވާށޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *