Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: އިންޑިއާގެ ކޮންސިއުލޭޓްގެ އަނދިރި އަދި ބިރުވެރި ފަރާތް!

ރާއްޖޭގެ އެންމެ ދެކުނުން އޮތް އައްޑު އަތޮޅުގައި އިންޑިއާގެ ކޮންސިއުލަރ އޮފީހެއް ހެދުމާ ދެކޮޅު ޝުއޫރުތައް މިހާ ބޮޑަށް އިތުރުވެފައި މިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އިންޑިއާ ސަރުކާރުން ބޭނުންވަނީ އައްޑޫގައި ކޮންސިއުލަރ އޮފީހެއް ޤާއިމް ކުރާށެވެ. އެކަން ހާމަކޮށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ވަނީ އެފަދަ އޮފީހެއް އައްޑޫގައި ހަދަން މި މޭމަހު ނިންމައިފައެވެ. ދިވެހި ސަރުކާރުން އެފަދަ އެއްވެސް ވާހަކައެއް ނުދައްކަނީސް އިންޑިއާގެ ކެބިނެޓުން އެގޮތަށް ނިންމުމަކީ ވެސް ފުރަތަމައިނުން މައްސަލައެކެވެ. ރާއްޖޭގައި ކަންކަން ކުރަންޖެހޭ ގޮތް ފުރަތަމަ ނިންމަނީ ނިއުދިއްލީންތޯ ސުވާލު ކުރަން ޖެހެނީ މިފަދަ ސަބަބުތަކާ ހުރެއެވެ.

ކޮންސިއުލަރ އޮފީހަކީ ބޭރު ޤައުމެއް ތަމްސީލު ކުރުމަށްޓަކައި އެހެން ޤައުމެއްގައި ހަދާ، އެމްބަސީ އަކަށް ވުރެ ޚާރިޖީ ހައިސިއްޔަތު ދަށް، އެހެނަސް މުހިއްމު އިމްތިއާޒް ތަކެއް ލިބިގެންވާ އޮފީހެކެވެ. އައްޑޫ ސިޓީ އަށް "ސިޓީ" އޭ ކިޔަސް އަދިވެސް މީ ހަމަ ތަރައްޤީގެ ވަރަށް ކުޑަ މިންވަރެއް މެނުވީ އައިސްފައިނުވާ ރާއްޖެތެރޭ ރަށްތަކެކެވެ. އައްޑޫގެ އާބާދީގެ ބޮޑު ބައެއް އުޅެނީ މާލޭގައެވެ. މި ހާލަތުގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދައިފި ނަމަ އެތަނުގައި ތިބޭ އިންޑިއާ ވެރީން ހިންގާ އެކިއެކި ކަންކަން ދިވެހި ސަރުކާރަށް ރޭކާވެސް ނުލާނެއެވެ. ފުރަތަމަ މައްސަލައަކީ، ބުނެވޭ ގޮތުގައި، އެފަދަ ކޮންސިއުލޭޓެއް ހަދަން އިންޑިއާއިން ބޭނުންވަނީ ފުލުހުން ތަމްރީނު ކުރުމަށް ކަމަށް ބުނެ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫސިޓީގައި ހަދަމުންދާ ޕޮލިސް އެކަޑެމީގެ ބިމުގައި ކަމަށް ވުމެވެ. އެހެން އެކަން ކޮށްފިނަމަ އެއޮއް ބޮޑު ބިމަށް ވެރިކަން ކުރާނީ އިންޑިއާއިންނެވެ. އެތަނުގައި ހިނގާނީ އިންޑިއާގެ ބާރެވެ.

ދިވެހިން ތަމްރީނު ކުރުމުގެ ބަހަނާގައި އެތަނަށް ގެނެސް އޮއްސާލާ އިންޑިއާ ސިފައިންނާއި ފުލުހުން ތިބޭނީ އެތާނގައެވެ. ދިވެހި ދައުލަތުގެ ޤާނޫނު ނުހިނގާ ބިމަކަށް އެތަން ވެގެން ދާނެއެވެ. މިހާރުވެސް އައްޑޫސިޓީގެ ގަމުގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރަަކާއި އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަންތިބޭ އިންޑިއާ ސިފައިން އެތަނުން ފޭބުމަށް ޔާމީންގެ ރައީސް ކަމުގައި އެންގުމުން އެމީހުން އެތަނުން އެތިބީ ނުފައިބައެވެ. އެމް.ޑީ.ޕީގެ ސަރުކާރުން އިންޑިއާއާ ހާއްސަ ގުޅުން ތަކެއް ޤާއިމްކޮށް އިންޑިއާ އެދޭހާ ގޮތަކަށް ބާރުތައް ދެމުންދާއިރު، އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ޤާއިމްވުމާ އެކު އައްޑޫގައި ހިނގާނީ އިންޑިއާގެ ބާރުކަން ކަށަވަރެވެ. މިހާރުވެސް ފެންނަނީ މިފަދަ އިންޑިއަން ކޮންސިއުލޭޓެއް އައްޑޫގައި ހަދަން އައްޑޫސިޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖުލީހުގެ ހަތް މެބަރުންނާއި އައްޑޫސިޓީގެ މޭޔަރ، އަލީ ނިޒާރު ތާއިދު ކުރައްވައި ވާހަކަ ދައްކަވާ ތަނެވެ. މިފަދަ އޮފީހެއް ހެދުމުން އައްޑޫ ރައްޔިތުންނަށް އިންޑިއާއަށް ދާން މެޑިކަލް ވިސާ ހޯދަން ފަސޭހަވާނެ ކަމަށާއި، މިއޮފީހުގެ ސަބަބުން އައްޑޫ އަށް އިންވެސްޓްމެންޓާއި ތަރައްޤީ އަންނާނެ ކަމަށް ބުނެއެވެ. މީ ކިހާވަރެއްގެ ތެދެއްތޯ ބަލާލަމާ ހިންގަވާށެވެ.

ފުރަތަމަ ކަމަކަށް މެޑިކަލް ވިސާއަށް ބަލައިލާނަމެވެ. އައްޑޫގައި ރައީސް ޔާމީނުގެ ވެރިކަމުގައި ހެދި އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ވަސީލަތްތައް ފުރިހަމަ، އެހެނަސް ޑޮކްޓަރުންގެ ދަތިކަން އޮތް ތަނެކެވެ. އައްޑޫ ރައްޔިތުން އެދޭނީ ތާއަބަދު މެޑިކަލް ވިސާ ޖަހައިގެން ބޭސް ފަރުވާއަށް އިންޑިއާ އަށް ދިއުމުގެ ބަދަލުގައި އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހުރިހާ ދާއިރާއަކުން ޑޮކްޓަރުން ތިބެފައި އެތަނުގެ ފެންވަރު މަތިވުމަށެވެ. އަދި އިންޑިއާގެ މެޑިކަލް ވިސާ ބޭނުންވާ މީހާއަށް ވެސް މިފަދަ އޮފީހަކުން ވަކި ލިބޭނީ ކޮން ފަސޭހައެއްތޯއެވެ؟ މާލޭގައި ހުންނަ އިންޑިއާ އެމްބަސީން މެޑިކަލް ވިސާ ޖައްސަން ވެސް ދިވެހިން ޖެހެނީ ކުޑަކަކޫ ޖަހައިގެން، ކިއުގައި ޖެހިގެން، ސަލާން ޖަހާށެވެ. ވީއިރު އައްޑޫ ރައްޔިތުންނަށް ވަކި ލިބޭނީ ކޮން ފަސޭހަ ވިސާއެއްތޯއެވެ؟

ވިސާއާ ބެހޭ އެހެން ނުކުތާއެކެވެ. ވިލިމާލެ ދާއިރާގެ މަޖްލިސް މެމްބަރ އަހްމަދު އުޝާމް ވިދާޅެވެފައިވާ ފަދައިން ދުނިޔޭގެ 80 އަށް ވުރެ ގިނަ ޤައުމުން ދިވެހި ރައްޔިތުންނަށް، ކުރިއާލައި ވިސާ ނުޖަހައި އެ ޤައުމުތަކަށް ދިއުމުން، އޮން އެރައިވަލް ވިސާ އޮޓޮމެޓިކުން ލިބެއެވެ. މިއީ ދަތުރުފަތުރު ކުރުމަށް ލިބޭ ފަސޭހައެއްގެ އިތުރުން އެޤައުމުތަކުން ދިވެހި ޕާސްޕޯޓަށް އިތުބާރުކުރާ ކަމާއި ދިވެހި ދައުލަތަށް އިހްތިރާމް ކުރާ ކަމުގެ ހެއްކެކެވެ. ނަމަވެސް އިންޑިއާއިން ދިވެހީންނަކަށް އޮންއެރައިވަލް ވިސާއެއް ނުދެއެވެ. ޖެހެނީ ކިއުގައި ޖެހިގެން ވިސާއަށް ސަލާން ޖަހާށެވެ. މިއީ "އެންމެ ފުރަތަމަ އަވަށްޓެރީން"ގެ ޝިއާރުގެ ދަށުން އިންޑިއާއިން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމަކީ ނަގްލީ އެއްޗެއްކަން ދޭހަކޮށްދޭ ލާމަސީލު މިސާލެކެވެ. އިންޑިއާއިން ދިވެހި ޕަސްޕޯޓަކަށް އިތުބާރެއް ނުކުރެއެވެ. ދިވެހި ދައުލަތަށް އިހުތިރާމެއް ނުކުރެއެވެ. އިންޑިއާއިން ދެކެނީ ދިވެހި ރާއްޖެއަކީ އެމީހުންގެ ޤައުމުގެ ކުޑަ އަވަށެއް ފަދަ ތަނެއްގެ ގޮތުގައެވެ.

ދެން އޮތީ ތަރައްޤީގެ ވާހަކަ އެވެ. އިންޑިއާގެ "އެހީ"ގައި އައްޑޫސިޓީގެ މަގު ހެދުމާއި ބިން ހިއްކުން ފަދަ މަސައްކަތް ކުރުމަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަމުންދާ ކަމަށް ބުނާއިރު އެއީ އިންޑިއާގެ "އެހީ"އެއް ނޫނެވެ. އެއީ ދިވެހި ދައުލަތުން، އަނބުރާ ދައްކަން، ނަގާ ލޯނެވެ. އަދި އެ ލޯނުން ކުރާ މަސައްކަތް ހަވާލު ކުރަނީ އިންޑިއާގެ ތަޖުރިބާ މަދު ކުންފުނިތަކާއެވެ. ބިން ހިއްކުމުގެ ތަޖުރިބާ ހުރި އިންޑިއާ ކުންފުންޏެއް ނުވެގެން އެމަސައްކަތް އަދިވެސް ވަނީ ހަވާލު ނުކުރެވިއެވެ. އަދި އެފަދަ އިންޑިއާގެ ކުންފުނި ތަކުން އައްޑޫ އަށް އަޔަސް އެމީހުން އައްޑޫއިން އެންމެ ދިވެއްސަކަށް ވެސް ވަޒީފާއެއް، މަސައްކަތެއް، ނުދެއެވެ. އައްޑޫގެ ފިހާރައަކުން މޮހޮރެއްހާ މިންވަރުވެސް ނުގަނެއެވެ. އެހެން ކަމުން އެފަދަ މަޝްރޫއެއް ނިމޭއިރު އެ 200 މިލިއަން ޑޮލަރުން ދިވެހި ރާއްޖެއަށް ނުވަތަ އައްޑޫއަށް ވަންނަނީ ވަރަށް ކުޑަ ނިސްބަތެކެވެ. ހަދާ މަގާއި ހިއްކާ ބިމުގެ ފެންވަރެއް ނޭނގެއެވެ. އެ މަސައްކަތުގެ އަސްލު އަގަކީ 200 މިލިއަން ޑޮލަރުތޯ ނުވަތަ ނޫންތޯ ވެސް ދިވެހި ދައުލަތަށް ޔަޤީނެއް ނޫނެވެ! މީ ކޮންކަހަލަ "އެހީއެއް" ތޯއެވެ؟ ކޮންކަހަލަ "ތަރައްޤީއެއް" ތޯއެވެ؟

އިންޑިއާގެ ކޮންސިއުލަރ އޮފީހެއް އައްޑުގައި ހަދާ ހިސާބުން ކަންތައް ދެން ވެގެންދާނެ ކަމަށް އަޅުގަނޑުގެ ދިރާސާއިން ދައްކާ ގޮތް ތިރީގައި ހާމަކޮށްލާނަމެވެ: އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑީގައި ހަަދައި، އައްޑޫއަށް ނިސްބަތްވާ މަޖުލިސްހަތް މެމްބަރުންނާއި އައްޑޫގެ މޭޔަރާއި އެކު އަށެއްކަ މީހުންގެ ތާއީދު އިންޑިއާއަށް އޮތުމުން އައްޑޫގައި ދެން ހިނގާނީ، ނުސީދާ ގޮތުގައި، އިންޑިއާގެ ވެރިކަމެވެ. ފުރަތަމަ ކޮޅުގައި އައްޑޫގައި އިންޑިއާއިން ތަރައްޤީގެ މަޝްރޫއުވެސް ހިންގާނެއެވެ. ރައްޔިތުންގެ ތާއީދު ހޯދުމަށެވެ. ތާއީދު ލިބުމުން އައްޑޫގެ މުހިއްމު މަދު ބަޔަކަށް އެކިއެކި ފުރުސަތު ހޯދައިދީގެން އިންޑިއާއާ އެއްކޮޅަށް ޖައްސާނެއެވެ. އެއަށްފަހު އަޑިއަޑިން، ދިވެހި ސަރުކާރާމެދު، ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދާނެއެވެ. އެކިއެކި ކަންކަމުގައި އިހުތިޖާޖް ކުރުމަށް ހިތްވަރުދީ، އެފަދަ ކޮންމެވެސް އިހުތިޖާޖެއް ކޮންޓްރޯލުން ނެއްޓި، އެކަން ހުއްޓުވަންދާ ދިވެހި ފުލުހުންނާ ކުރިމަތިލައި ރައްޔިތުންގެ ބަޔަކަށް ކޮންމެވެސް ވަރެއްގެ އަނިޔާ ތަކެއް ވާނެއެވެ. އެއާއެކު ދިވެހި ދައުލަތުން އައްޑޫ ވަކިވާންވީ ކަމަށް ބުނެ ކޮންމެވެސް ޖަމާއަތެއް އުފައްދާނެއެވެ. އެކަމަށް އަޑިއަޑިން ހިތްވަރުދީ، ފަންޑު ކުރާނީ، އެއްކަލަ ކޮންސިއުލޭޓް މެދުވެރިކޮށް، އިންޑިއާއިންނެވެ. މި އިހުތިޖާޖް ނުހުއްޓި ކުރިއަށްގޮސް މުޒާހަރާއެއްގެ ތެރެއިން އައްޑޫގެ ކޮންމެވެސް ބަޔަކު މަރުވާނެއެވެ. އެކަން ކުރާނީ އިންޑިއާގެ ސިއްރު ފުލުހުން އަޑީގައި ތިބެ ރާވާ ރޭވުމަކުންނެވެ. އިލްޒާމް އެޅުވޭނީ ދިވެހި ފުލުހުންގެ ބޮލުގައެވެ.

އެ ހިސާބުން އެއްކަލަ ދިވެހި ޖަމްއިޔާއިން އައްޑޫގެ މިނިވަންކަން އިއުލާން ކުރާނެއެވެ. ރައްޔިތުންގެ ހިމާޔަތުގައި ކަމަށް ބުނެ އިންޑިއާއިން  އެކަމުގެ ތެރެއަށް ވަންނާނެއެވެ. އަދި އައްޑޫ ރައްޔިތުންގެ ވޯޓެއް މިކަމުގައި ނެގުމަށް އިންޑިއާ އަޑީގައި އޮވެގެން ބާރުއަޅާނެއެވެ. އައްޑޫ ރައްޔިތުން ދިވެހި ދައުލަތުން ވަކިވާނީތޯ ނުވަތަ ނޫންތޯ ބަލަން ނަގާ ވޯޓު ނުވަތަ ރެފަރެންޑަމްގައި އިންޑިއާއިން އައްޑޫގެ ރައްޔިތުންގެ އިހްސާސްތަކާ ކުޅޭނެއެވެ. ވޯޓުވެސް ގަނެލާނެއެވެ. ވޯޓުން ނިމޭނީ ވަކި ދައުލަތެއް ހަދާށެވެ!

އެ ހިސާބުން އައްޑޫ ވާނީ ނަމުން މިނިވަން ދައުލަތަކަށެވެ. އިންޑިއާގެ ނުފޫޒާ އެކު އެމެރިކާ އަދި އިނގިރޭސި ވިލާތުން އައްޑޫގެ މިނިވަންކަން ބަލައިގަންނާނެއެވެ. އެ ހިސާބުން ދިވެހި ދައުލަތަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އައްޑޫ އަކީ މިނިވަން، ވަކި ދައުލަތަކަށް ނަމުން ވިއަސް މިތާނގައި އެއިރުން އޮންނާނީ އިންޑިއާގެ ވެރިކަމެވެ. އަހަރު ތަކަކަށް ފަހު ނެގޭ ވޯޓަކުން އައްޑޫ އަކީ އިންޑިއާގެ މައި ސަރުކާރުގެ ދަށުން ހިންގާ ޔުނިއަން ޓެރިޓަރީ އަކަށް ބަދަލުވާނެއެވެ. އިންޑިއާ މީހުންތައް އައިސް އައްޑޫއިން ބިންތައް ގަނެ، ދިވެހީންނާ އިނދެ އިންޑިއާ ތަނަކަށް އައްޑޫ މުޅިން ބަދަލުވެގެން ދާނެއެވެ. އައްޑޫއަށް އެ ދުވަހަކުން ޖެހޭނީ އިންޑިއާގެ ޔުނިއަން ޓެރިޓަރީއެއްގެ ގޮތުގައި މިހާރު އޮތް ލަކްޝަދީޕް އަށް ޖެހިފައިވާ ހާލެވެ. ހަޤީޤީ ތަރައްޤީ ނައިސް، އަޅުވެތިކަން އިތުރުވެ، އިސްލާމްދީން ފޮހެލަން ލަކްޝަދީޕްގައި އިންޑިއާއިން މަސައްކަތް ކުރާތީ "ސޭވް ލަކްޝަދީޕް"ގެ ނަމުގަައި ލަކްޝަދީޕްގެ 70 ހާސް ރައްޔިތުން އެދަަނީ އިހްތިޖާޖްކޮށް އާދޭސް ކުރަމުންނެވެ. އައްޑޫއަށް ނިސްބަތްވާ މަޖުލިސް ހަތް މެބަރުންނާއި މޭޔަރ ނިޒާރު އެ ވިދާޅުވާ "ތަރައްޤީ"ގެ ނާރެސް ނިމޭނެ ހިސާބަކީ މިއީ އެވެ.

އެދުވަސް ނާންނަނީސް މިކަން ހުއްޓުވެން އޮތް ހަމައެކަނި ފުރުސަތަކީ މިވަގުތެވެ. ސިޔާސީ ކުލައަކަށް ނުބަލައި، އައްޑޫގެ މިނިވަންކަމާއި ރައްޔިތުންގެ ދީން ހިމާޔަތް ކުރަން އޮތީ މިހަނި ފުރުސަތެވެ.

މާލޭގައި ހުންނަ އިންޑިއާ އެމްބަސީގެ ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިތު ރަތިޝް އަކީ އިންޑިއާގެ ސިއްރު ސިފައިން ކަމުގައިވާ "ރޯ"ގެ އެޖެންޓެއް ކަމަށް ބައެއް މީހުން ޝައްކު ކުރެއެވެ. ނަމުގައި "ޑެޕިއުޓީ ހައިކޮމިޝަނަރ" ކިއަސް އެމްބަސީގެ ހުރިހާ މުހިއްމު ނިންމުންތަކެއް ނިންމަނީ ރޯހިތު ރަތިޝް އެވެ. އޭނާގެ މާސްޓަރޕްލޭން އޮތީ އިންޑިއާގެ ހިންދޫ ވަތަނީ، އަދި މުސްލިމުންނާ ދެކޮޅު ޤަތުލުއާއްމު ހިންގާފައިވާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މާސްޓަރ ޕްލޭނާ އެއްގޮތަށެވެ. އިންޑިއާގެ ދިފާއަށްޓަކައި އައްޑޫ ޤުރުބާން ކުރުމަށެވެ. އަޅުވެތި ކުރުމަށެވެ. ސުވާލަކީ އެމް.ޑީ.ޕީގެ ސަރުކާރު އޮތީ ދިވެހި ރާއްޖެ ތަރައްޤީ ކުރަން، އައްޑޫ ރަހުނުކޮށް ވިއްކާލާ އަޅުވެތި ކުރަން ތައްޔާރަށް ތޯއެވެ؟ މިސުވާލުގެ ޖަވާބު މިވަގުތަށް ވަރަށް ސާފެވެ. އާނއެކޭއެވެ! އެކަން ބަދަލު ކުރެވޭނީ އައްޑޫ ރައްޔިތުންނަށެވެ. ދިވެހި ރައްޔިތުންނަށެވެ. މިއީ ހަމައެކަނި އައްޑޫގެ ކަމެއް ނޫނެވެ. މިއީ ހަމައެކަނި އައްޑޫއެއް ނޫނެވެ. މިއީ ދިވެހި ރާއްޖޭގެ ބައެކެވެ. މަލިކަށް ވީގޮތަށް ގެއްލިގެން ދިޔަ ނުދޭށެވެ. ހޭލާށެވެ. ތެދުވާށެވެ. ހުއްޓުވާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
165

8 Responses

  1. ރާއްޖޭގެ ކޮންސިއުލޭޓެއް އިންޑިޔާގައި ހުރުން އޯކޭ. އެކަމަކު އިންޑިޔާގެ
    ކޮންސިއުލޭޓެއް ރާއްޖޭގައި ހުރީމަ ގޯސް. ހަމަބުއްދި ހުރެގެން ވާހަކަ
    ދެއްކުން ރަނގަޅުވާނެ.

    1. ކޮއްކޯ ފުރަތަމަ ކޮންސިއުލޭޓަކީ ކޯއްޗެއް ކަމާ އެތަނުން ކުރަނީ ކޮން ކަމެއްކަން އެނގިގެން ކޮމެންޓު ކޮށްބަލަ.

    2. އަމިއްލަ ބުއްދި ފުރަތަމަ އިސްކޮށްބަލަ ނަޖުމާ. ދުނިޔެ ހިނގާ ގޮތުން އިބުރަތް ހޯދަބަލަ ނަޖުމާ

  2. ނަޖުމާ ސާފިހުއެވެ! ތެދުފުޅެކެވެ. ހަމަބުއްދި ހުރެގެން ވާހަކަދެއްކުން ރަނގަޅުވާނެއެވެ ހަމަ ބުއްދީން ވާހަކަދައްކާށޭ ވިދާޅުވި އިރު، ކަމަނާއަށް މުޅި ލިޔުމުން ވެސް ތިޔަ ފެނިވަޑައިގަތީ "ކޮންސިޔުލޭޓް" މި ލަފުޒު އެކަންޏެވެ. އެހެންނޫންނަމަ ތިޔަ ކޮމެންޓް ކުރެއްވީ މި ލިޔުން ވިދާޅު ނުވެ ހަމަ އެކަނި ސުރުޚީ ވިދާޅުވެފައެވެ. އިންޑިއާގެ ތިރިވަންތަޕޫރަމްގައި ދިވެހީންގެ އެތައް ހާސް ބަޔަކު ވަޒަންވެރިވެ، އިސްލާމްދީނާއި ދިވެހިބަހާއި ދުރު ތަރުބިޔަތެއްގައި ދަރީން ތަރުބިޔަތުކުރާން މަޖުބޫރުވެގައިވާތީ ލަންގާ ފަދައިން ސަގާފީ މަރުކަޒަކާއެކު ކޮންސިޔުލޭޓެއް ހަދާން ދިވެހީންނަށް މަޖުބޫރުވީއެވެ. އެތަން ހަދައިފައި އެހެރީ އިނޑީއާއިން ދިން ބިމެއްގައެއް ނޫނެވެ. ދިވެހީން ކުއްޔަށް ހިފައިފައިވާ ކުޑަކުޑަ ތަންކޮޅެއްގައެވެ. ސަގާފީ މަރުކަޒެއް ހަދާކަށް އިންޑިއާއިން އަދި ވެސް ހުއްދައެއް ނުދެއެވެ. ނަމަވެސް އިންޑިއާގެ ސަގާފީ މަރުކަޒެއް މިހާޜު ވެސް ރާއްޖޭގައި ހުރެއެވެ. އައްޑޫގައި ކޮންސިޔުލޭޓް ހުޅުވާން އެ އެއުޅެނީ ފުލުހުންގެ ޓްރޭނިންގ ސެންޓަރޭ ކިޔާ ބިޔަ ސިންގާ ޢިމާރާތެއްގައެވެ. އެ ބިން އެއީ އައްޑޫގެ ބިމުގެ ކިތައްބައިކުޅަ އެއްބައިކަން އެނގިވޑައިގަނޭތޯއެވެ! ޕާޓީއެއް ދެކެ ލޯބި ވިޔަސް ތިޔަވަރަށް ލޯ ކަނުކޮށްގެން ސިކުނޑީ ލައްޕައިގެން އުޅުއްވާކަށް ހެޔޮ ވެސް ނުވާނެއެވެ. އައްޑޫގެ މަޖްލިސް މެންބަރުންނާއި ކައުންސިލަރުން އެ ތިބީ އެތައް މިލިޔަނަކުން ގަނެލައިފައެވެ. ކޮއްކޮ ބަނޑުރޫޓުވުމުން ސަލާމަތްކުރާށެވެ! އޭގެ ކުރީން ޝާހިދު ސަލާމަތްކުރާން ރިޝްވަރުދޭށެވެ! ވީމާ ޖަޒުބާތުގައި ނުޖެހި ޤައުމީ ވިސްނުންފުޅަކުން ބަސް ވިދާޅުވާށެވެ! ދެވަނަ މަލިކަށް އައްޑޫހައްދަވާން މަސައްކަތްކުރާ ޚާއިނުންގެ ލިސްޓުން ޖާގަ ނުހޯއްދވާށެވެ!

  3. 100 ގެ ރެޕޯޓެއް ހެއްލުމެއްގަ ގެއްލުމެއް ނުލިބެނީސް މުޅިގައުމު މިކަމުގައި ތެދުވަން އެބަޖެހޭ ރިޝްވަތު ކައިގެން ތިބި ބަޔަކު ގައުމަށް ގައްދާރުވެ ދައްކާވާހަކަ އަޑުނާހާ ފަރުދީޒިންމާ އަވަހަށް އަދާކުރައްވާ

  4. ބުއްދިން ބޯތަށްޓެއް ނެހެދޭނެ! މިޤައުމަށް އައިސް އޮތްވެރިކަމަކީ އިންޑިއާގެ ގޮނޑިކޮއްކޮ ވެރިކަމެއް! ވެރިކަމުގެ ހުރިހާ އާރަކާއި ބާރެއް އޮތީ އިންޑިއާގެ ދަށުގައި. ދިވެހި މިލިޓަރީއިން ފެށިގެން ވެރިކަމުންގޮސް ހުރިހާ ދިމާލެއް މިއޮތީ އިންޑިއާއަށް ކުޑަކަކޫ ޖަހައިގެން. ހުޅުމާލޭގައި އިންޑިއާގެ ކޮންސިއުލޭޓެއް! އައްޑޫގައިވެސް ކޮންސިއުލޭޓު ބަލަހައްޓަން ދެންއަރާނީ އިންޑިއާ ސިފައިން. އެމީހުންގެ ޢަދަދެއް ނެތް. ތި މީހުންނަކީ ޢަރަބި ޤައުމުތަކަށްވެސް ކުރިމަތިވެފައި އޮތް މުސީބާތެއް! ތިމީހުންނަށް އަރައިނުގަނެވެނީ ޔޫރަޕަށް.

  5. އެމްޑީޕީ އަށް ނިސްބަތްވާ މީހުން އިންޑިޔާއަށް ކުޑަކަކޫ ނުޖަހާ ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެ

  6. ދިވެހި ކޮންސިއުލޭޓެއް އިންޑިޔާގެ ޓްރެވިންޑްރަމްގަ ހުންނަނީ އެސިޓީގަ ދިވެހި 15،000 ވަރު މީހުން ދިރިއުޅޭތީ އެމީހުނަށް ހިދުމަތްދިނުމަށް. އެމީހުނަށް ދޭ ހިދުމަތުގެ ތެރޭގަ އިންޑިޔާއަށް ބޭސްފަރުވާއަށް ދާމީހުނަށް ލުއިފަސޭހަ ގޮތް ހޯދާދިނުމާއި އިންޑިޔާގަ ދިރިއުޅޭ ދިވެހިރައްޔިތުންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެއްޖެނަމަ ރާއްޖެ ނައިސް ޕާސްޕޯޓް އާކޮށްދިނުމާއި އިންޑިއާގަ ދިރިއުޅޭ ދިވެހިރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގާ އެހީތެރިވުން. އައްޑޫގަ ކޮންސިއުލޭޓް އޮފީހެއް ހަދަންވެގެން އެ އުޅެނީ އެމީހުނަށް ރާއްޖެއިން ވިއްކަލާފަ އޮތްކަމަށް ލަފާކުރެވޭ ބިމެއްގަ އިންޑިޔާގެ ރައްޔިތުން ވަޒަންވެރި ކުރުމަށް. ކޮންސިއުލޭޓް ކިޔަސް އެތަނަކީ "އިންޑިޔަން ޕީޕްލްސް ރަޖިސްޓްރާސަން އޮފީސް."އައްޑޫ ގަމުގަ އިނގިރޭސިން ތިބި ދުވަސްވަރު ލިބުނު ވަޒީފާ ތަކެއް އައްޑޫރައްޔިތުންނަކަށް ކޮންސިއުލޭޓަކުން ނުލިބޭނެ. އެންމެ ކުޑަވެގެން އެތަނަށް ވަދެލުމުގެ ފުރުސަތެއްވެސް އައްޑޫ ރައްޔިތަކަށް ނުލިބޭނެ. މިހާރު އައްޑޫގަ ތިޔަހެރަ މޭޔަރަކީ ހާދަ ތަންދޮރު ނުދަންނަ މީހެއް. ހަދަ ގަމާރުމމީހެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *