ކިހިނެއް ހިތުން ލޯބި ދޭނީ ގުނުމަށް މަގެއް އަލިކުރާނީ
ފިހިގެން ދިޔަސް ހިތްމި ދޭނޭ ނަފުސެއް ހަހަރު ދެކި ހޮވާނީ
ފުނުގައި ހިނގާ ލައްޒަތަށް އެދި ނޭވާ ހިނގާ ސާފު އެދިގެން
އުނުއޮތް މި ފަށު މުތު ފިޔޮހި ކުރު ގާތަށް ގެނެސް ހަރުކުރާނީ
މިހަށީ ހިނގާ މާ ހުވާސް އަދު ނެތިދާ މަގުން ހަލުވަމުން ބޮލި
މިހަލިން ދުމަށި ކަޅުމެ ލައިފައި އިހުސާސުގައި ރޯކުރާނީ
ހިތުލައި ނުކޮށް އަޅުކަމެއް ހެޔޮ ލިބިވާ އުހަށް ހަށި ވި އެރުމަށް
ނިތުގައި ލަކުނު ލެއްވުމަށް އަދު މޮހޮރުން ދަބަރު ކޮށިކުރާނީ
ހަތުރެއްގެ ހަލުވާތަކުން އަރު ފުރުވައިލަމުން ބަނޑު ފުރާނީ
ބިތުފަންގެއިން ތިލަވުމުން ކަން މޭގައި ލަމުން ގާތްކުރާނީ
ދިރި ހުރި ހިނދުން އެކިކޮޅުންކެހި ވޭނާ ލިބުން ތިލަވެދާއިރު
ގިރިޓީ އެހުރި ދަޅަ ތަކުން ފެނި އަސްލަށް މިހިތް ތިލަކުރާނީ
އެހެނީ މިއީ ޤުދުރަތޭ މާތް ކިޔަމަން ވުމީ އޮތް ގޮތޭ ފަހި
އެހެނެއްކަމަކު ހިތްވަރުން ކަން ނަސްރަށް އަދައިގެން ކުރާނީ