Support Us

ވާނޭ ގޮތެއް ބުނާކަށް ހަމަ ނޭނގެއެވެ!

އަހަރެންގެ މި ހިތެވެ.

ކަލާދެކެ ލޯބިވާ މި ހިތެވެ.

މި ހިތް، ކަލާގެ ލޮލުތެރޭގައި ބާއްވައިފި ނަމައެވެ.

ދެން ކިހިނެއް ވެދާނެ ހެއްޔެވެ؟

ވާނޭ ގޮތެއް ބުނާކަން ނޭނގެއެވެ!

ކަލާ ބުނީމު ނޫން ހެއްޔެވެ؟

ފަހަރެއްގައި، ނޭނގި ނަމަވެސް ވެހެވެ.

އަހަންނަށް ލޯ މަރާލެވިދާނެއެވެ!

އަދި، ކަލާގެ ހިތަށް ތަދުވެ، އަނިޔާ ލިބިދާނެއެވެ!

 

ވިދާ ބަބުޅާ ކަލާގެ ކަޅު އިސްތަށިގަނޑުގައެވެ.

ކަލާގެ ރާޅުބާނި އިސްތަށިގަނޑުގައެވެ.

ފިނިފެން މަލުން ހާރެއް ގަތައި އަޅުވައިފި ނަމައެވެ.

އަދި، އެމަލުގެ ހާރަށް ރައްކާތެރިވާން އެދެފި ނަމައެވެ.

ދެން، ކިހިނެއް ވާނެ ހެއްޔެވެ؟

ވާނޭ ގޮތެއް ބުނާކަށް ނޭނގެއެވެ!

ކަލާ ބުނީމު ނޫން ހެއްޔެވެ؟

ފަހަރެއްގައި ނޭނގި ނަމަވެސް ވެހެވެ.

އިސްތަށިގަނޑު ނިއުޅާލައި ވައްޓާލެވިދާނެއެވެ.

ދެން، އެ މާތައް ބިން މައްޗަށް އެޅި ހަލާކުވެދާނެއެވެ!

 

އަހަރެން ހިތާމައެއް ކުރަން ޖެހިއްޖެ ނަމައެވެ.

އަހަރެންގެ ލޮލުން ކަރުން ފޭދިއްޖެ ނަމައެވެ.

ކަލާގެ ފައި ބުޑަށް ތިރިވެ އަހަރެން ވެއްޓިއްޖެ ނަމައެވެ.

އަދި، ތަސައްލީއަކަށް އެދެން ޖެހިއްޖެ ނަަމައެވެ.

ދެން ކިހިނެއް ވާނެ ހެއްޔެވެ؟

ވާނޭ ގޮތެއް ބުނާކަށް ނޭނގެއެވެ!

ކަލާ ބުނީމު ނޫން ހެއްޔެވެ؟

ފަހަރެއްގައި އެކަންވެސް ނުވެ ހިނގައިދާނެއެވެ.

އަހަރެންގެ ހެދުމުގެ ފަސްބައިން ވިހެލަދިނުމެވެ.

ކަލާގެ ކަރުނަތައް ފޮހެލަދިނުމެވެ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *