...

Support Us

ކުރު ވާހަކަ: ދެ ރައީސުން ބޯކޮށާ ފިހާރައެއްގައި

އެއްދުވަހަކު އިއްތިފާގުންވީ ކަމެކެވެ. ރައީސްކަން ކުރެއްވި ދެބޭފުޅަކު ބޯކޮށާ ފިހާރައަކަށް އެއްކޮށް ކަހަލަ ގޮތަކަށް ވަޑައިގެންނެވުނެވެ. ދެބޭފުޅުންގެ ވެސް އިސްތަށިފުޅު ކޮށްޓެވުމަށެވެ.

ދެބޭފުޅުން ދެ ގޮނޑިއެއްގައި އިށީނދެވަޑައިގަތެވެ. ދެން، ބޯކޮށާ ދެމީހަކު ދެބޭފުޅުންގެ އިސްތަށިފުޅު ކޮށަން ފެށިއެވެ. ދެ މީހުންކުރެ އެކަކަށް ވެސް އެއްޗެއް ބުނާކަން ނުކެރުނެވެ. ބުނާ އެއްޗެއްގެ ސަބަބުން ވާހަކަ ސިޔާސީވެ، ބޮޑު ކޯޅުންގަނޑަކަށް ވެދާނެތީއެވެ.

ކޮންމެއަކަސް، އެކަކު، އެއް ރައީސެއްގެ އިސްތަށިފުޅު ކޮށައި ތުނބުޅިފުޅު ވެސް ބޭލުމަށް ފަހު، މީރުވަސް ދުވާ ސެންޓެއް ޖަހާލުމަށް އުޅުމުން، އެ ރައީސް ވިދާޅުވިއެވެ. "ނޫން ނޫނެކެވެ. ތި ސެންޓު ޖަހަން ނޫޅޭށެވެ! ތި ސެންޓު ޖަހައިފި ނަމަ، އަހަރެންގެ އަންހެނުން ބުނާނީ ތިޔައީ ކަސްބީ އަންހެނުން އުޅޭ ތަނަކުން ހެއްޔެވެ؟"

ދެން، ދެވަނަ ބޯކޮށާ މީހާ ދެވަނަ ރައީސުކުރެން، ސެންޓެއް ޖެހުމުގެ އިޒުނަ ހޯދުމުގެ ގޮތުން އޭނާއަށް ދެންނެވިއެވެ. "މަނިކުފާނު ވިދާޅުވަނީ ކީކޭތޯއެވެ؟"

މި ލިބުނީ ވަރަށް ވެސް ރަނގަޅު ފުރުސަތެއް ކަމުގައި ބައްލަވައި، ޖަވާބުގައި ދެވަނަ ރައީސް ވިދާޅުވިއެވެ. "އަހަރެންގެ މައްސަލައެއް ނެތެވެ. އަހަރެންގެ އަންހެނުންނަކީ ކަސްބީން މަސައްކަތްކުރި ތަނެއްގައި އުޅެފައި ހުރި މީހެއް ނޫނެވެ. އެހެންވެ، އޭނާއަކަށް އެތަނުން ދުވާ ވަހެއް ނޭނގޭނެއެވެ!"

[ނޯޓު: އެއީ ކޮން ދެ ރައީސުންނެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ހަމައެކަނި އަޑުއެހީ މިވާހަކައެވެ!]

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.