Support Us

އަދީބާއި އޭނާގެ ޤައިދީ

މިހާރު މި ވަގުތު ވެސް ހުރަގޭގައޭ މި އޮތީ މަ ކަނުބަނދެފައި
ކިހައި ހިތް ދަތި ކިހައި މަޖުބޫރު ހޭ ވި ޙަޔާތް މަށަށް ލިބިފައި

ކޮބައިހޭ އިރުހަނދުން ހަދިޔާކުރާ މިނިވަންކަމުގެ އަލި ނޫރު
ނުބައި ކަޅު އަނދިރިކަން ނޫނީ ނެތޭ އަހަރެން ވަށައިލެވިފައި

އިވޭހޭ ބަލަ މަގޭ ތަހުޒީބު ނިޔަނެތި ސާހިބާ މި އުދާސް
ނުވޭހޭ މާނައެއް މި އަސަރުތަކުން ތިޔަ ޒިހުނުގައި ފެވިފައި

މި ހުރަގޭން ނެރެވެނީ ނަމަ ފަސް ފުލުހުމީހުން ބަލައި އާދޭ
އެހެރަ ވަރުގަދަ ޙިޞާރު ތެރޭ ވަނީ ދެން ވެސް މަ ޤައިދުވެފައި

އެއާއެކު ކަނު މޮހައިލައި ޖައްސަނީ އެ ވަގުތު ގުލާނުކުރާން
މެޔަށް ލިބެނީ ހެ މާ ބޮޑު ފިނިކަމެއް ރޫޙަށް ދިރުން ލިބިފައި

އެ ވޭންތަކުގައި އޮހޭ ލޭ ކަރުނަޔަށް ހިކުމެއް އަޔަސް އަމުދުން
އެވީ ތަޅުވައި މަ ފޮޅުވާށޭ ކޮބައި ޙައްޤެއް މަށަށް ދެވިފައި

ކިހައި ބަނޑުހައިވެ ޙާލެއް ނެތި ދިޔައިމާ ހެއްޔެ ނުރުހުމުގައި
ޖަހައި މަދު ކޯވަރެއް ތިޔަ ދެން ދެނީ މާ ވިސްނަވިސްނައިފައި

މަ ލައްވައި ގަދަކަމުން ކުރުވާ އެތައް ގިނަ ބުރަ މަސައްކަތުގައި
އަލަށް އެތަކެއް ބަޔެއްގެ ހިތޭ ވަނީ ވަގުތުން ޒަޚުމްވެވިފައި

އަދީބާ ނާޤިދާ ޝާޢިރު މުއައްލިފު ވެސް ކުރާ ދަޢުވާ
ތަދީއޭ މިއަދު މިނިވަންކަން، ކޮބައި ޝަޚުޞީ ގޮތުން ދެވިފައި

ދުނިޔެ ބުނެދީ ބަލާށެ ނިކަން އިމެއްނެތި އޮންނަ މިނިވަންކަން
ދުނިޔެ ދީފާނުހޭ އެ މަށަށް، އެ ކަން އޮތް ނަމަ ވުޖޫދުވެފައި

އެކުން ޙައްދެއް ނުވާ މިނިވަންކަމަށް ދަޢުވާ ވެވޭ އިރުގައި
އެކަން ބުނެދޭ މި މެދުވެރިޔާ ވަނީ ކަސްތޮޅު އަބަދު އެޅިފައި

މިއީ ގަލަމެއް އެ ގަލަމުގެވެރި އަދީބާ ދެއްކި ވާހަކައޭ
މިހެން ޤައިދެއް ނެތަމަ ގަލަމަށް، އެއިން ލިޔެވޭ ހެ ހީނހީނފައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *