ވެހޭ ވާރޭގެ ފެނުގެ ތެރެއިން
އޮހޭ ކޯރާއި މޫދު ތެރެއިން
ޖެހޭރޯޅީގެ ރާގުތެރެއިން
ތިބާގެ ފޮޓޯ މަށަށް ފެނެޔޭ
ފޮޅޭތަން ފެންނަ މާމަލުގައި
ފޮޅޭ ހިނދު އޭގެ ކަރުގަނޑުގައި
ތެދޭ ހިނިތުން ވެފައި ހުއްޓައި
ތިބާގެ ފޮޓޯ މަށަށް ފެނެޔޭ
މެރޭހިނދު ލޯ ވެގެން ވަރުބަލި
ނުވާ އެއްވެސް ތަނެއްގައި އަލި
އެވާ އެއްވެސް ގޮތެއް ނުމެއެނގި
ތިބާގެ ފޮޓޯ މަށަށް ފެނެޔޭ
އިވޭހާ ޅެންތަކާ ރާގުން
ކިޔާހާ ބަންޖަކާ ފަރިހިން
ނަޔާފަރި ކޮންމެ މަންޒަރަކުން
ތިބާގެ ފޮޓޯ މަށަށް ފެނެޔޭ