ހިނި ބުންޏެވެ. އެތް ގާތުގައެވެ.
ނުނިދައި ހޭލައި ތެދުވާށެވެ!
އަހަރެންގެ ދެފައި މޮޑެދޭށެވެ!
ބޮސްދީ އަހަރެން ގައިގައި ބައްދާ ވެސް ލާށެވެ!
އަހަރެން ހެއްވާލައި ހިތް ވެސް ހަމަޖައްސައިދޭށެވެ!
އަހަރެން މިއެދޭ ކަންތައް ވެސް އަޅެ ކޮށްދޭށެވެ!
އަހަރެންގެ މިގާތް މީހުންނަށް ޖޮބު ވެސް ދޭށެވެ!
ދެން ވެސް އަހަރެން ނުރުހިއްޖިއްޔާ ހެއްޔެވެ؟
މުދަލާ ފައިސާއިން ވެސް ބޮޑު ބަދަލެއް ދޭށެވެ!
ދެން، ހެވި، އަހަރެން ރުހި، ދިލިދާ ހުއްޓެވެ!
އެތް ހޭން ފެށިއެވެ. އެއްޗެއް ބުނެވޭ ގޮތް ނުވިއެވެ.
ދެން، ކުޑަ ހިނި ގަދަ ރުޅިއައިސް ބުންޏެވެ:
ތި މަލާމާތް ކުރަނީ ހެއްޔެވެ؟
އަހަރެން ކުޑަވީތީ ހެއްޔެވެ؟
ބަލަ ކަލެއަށް ނުފެނޭ ހެއްޔެވެ؟
ގާނޫނުގެ ބޮޑުކަން ނޭނގޭ ހެއްޔެވެ؟
ކަލެއަށް ވުރެ ވެސް ބޮޑު ނޫން ހެއްޔެވެ؟
އެކޮށާ ރުހެވޭ ގޮތަކަށް ކީހާ ނު މަށާ ހެއްޔެވެ؟
މަށަކަށް ވުރެ ވަކި ބޮޑު ނޫން މީހުން ނޫން ހެއްޔެވެ؟
ކުދި ނިކަމެތި މީހުން ވެއްޔާ އެ މޮޑޭތަން ނުފެނޭ ހެއްޔެވެ؟